ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމާއި މެދު އަދި ވެސް ގޮތެއް ނުނިންމާ: ކްރިމިނަލް ކޯޓް

ކުރީގެ ރައީސް އަބްދިﷲ ޔާމީން އަބްދުލް ގައްޔޫމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާއިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ލައިވް ކުރުމާއިމެދު ގޮތެއް ނިމިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަނީ ލޯންޑަރިންގެ  ދެ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ހިނގަމުން ދާއިރު މައްސަލައިގެ ޝަރީއަތް ލައިވް ކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގަތް ނަމަވެސް ކޯޓުގައި ވަސީލަތް ނެތް ކަމަށް ބުނެ މިހާތަނަށް އެމައްސަލަ ލައިވް ނުކުރެއެވެ.

މައްސަލަ ލައިވް ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައިވަނީ ލައިވް ކުރެވެން ނެތީ ކޯޓުގައި އެކަށޭނެ ވަސީލަތް ނެތުމުގެ ސަބަބުން ކަމަށެވެ. ޔާމީންގެ ފަރާތްޕުޅުން ވަނީ ކޯޓުގައި ވަސީލަތް ނެތް ނަމަ، ވަސީލަތް ހުރި އަމިއްލަ ބްރޯޑްކާސްޓަރުންނަށް ފުރުސަތު ދެއްވުމަށް އެދިފައެވެ. މީގެ ކުރިން ޔާމީންގެ މައްޗަށް ހިންގި ޝަރީއަތެއްގައި މީޑިއާތަކަށް އެ ފުރުސަތު ދެއްވާފައިވެއެވެ.

ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އެ ގޮތަށް ކުރިން ވެސް ނިންމެވީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ކަމަށެވެ. ދެން ވެސް އެ ފުރުސަތު ދެވޭނީ ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލިހުން އެ ގޮތަށް ނިންމުމުން ކަމަށް އޭނާ ވިދާޅުވިއެެވެ..

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެދި “ސަންގު ޓީވީ” އާއި “ޗެނަލް 13” އިން ވަނީ ކްެރިމިނަލް  ކޯޓަށް ހުށައަޅާފައެވެ. ސަންގު ޓީވީގެ މުވައްޒިފުންނާއި ވަސީލަތް ބޭނުންކޮށްގެން ހިލޭ ސާބަހަށް ރައީސް ޔާމީންގެ ޝަރީއަތް ގެނެސް ދިނުމަށް ކްރިމިނަލް ކޯޓަށް  ހުށައަޅާފައިވެއެވެ.

ނަމަވެސް ލައިވްކުރުމުގެ މައްސަލައިގައި އަދި މިހާތަނަށް ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމުގައި “ސަންގު” ޓީވީ އަށް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: