ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މައްސަލައަކީ ޕާޓީއަކީ ތިމަންނާމެންގެ އެއްޗެއްކަމަށް ވަކި ބަޔަކު ދެކުން: ޝާހިދު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޕާޓީއަކީ ތިމަންނާމެންގެ އެއްޗެއްގެ ގޮތުގައި ހަދައިގެން ވަކި ބަޔަކު އުޅުންކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، ޕާޓީގައި މައްސަލަތައް އުފެދި މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރުން ވަނީ އާއްމުވެފަ އެވެ. ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ޖެހުނު މައްސަލަތަކުގެ ތެރެއިން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރު ދައްކަމުން ގެންދާކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވެއްދި އެވެ.

މަޖިލީހަށް މައްސަލަ ހުށަހަޅައި ކުރިޔަށް ގެންދިޔަ ބަހުސްތަކުގެ ތެރެއިން، މެމްބަރުން ވަނީ ހޫނު ޒުވާބުތަކެއްކޮށް ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ. ޕާޓީއަށް އޮތް އިހުލާސްތެރިކަމާއި، އަދި އެމްޑީޕީ އެންމެ ހާލުގައި ޖެހުނު ވަކިވަކި މެމްބަރުން މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވެފައިވާނެތޯ ވެސް މަޖިލީހުގައި ބައެއް މެމްބަރުންނާއި ސުވާލު އަމާޒުވި އެވެ. ޕާޓީގެ އެތެރޭގެ މައްސަލަތައް މަޖިލީހުގެ ތަޅުމަށް ގެނައުން އެއީ މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކުރައްވާފަ އެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޝާހިދު ސިފަ ކުރިގޮތުގައި އެތެރޭގެ ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން އެކަހެރިކޮށް ދުރުކުރަން ބަޔަކު ޕާޓީގައި މަސައްކަތް ކުރަމުންދާކަމަށް ބުނެ ބައެއް ބޭފުޅުން ވާހަކަ ދައްކަ އެވެ. އަދި އަސްލު އެމްޑީޕީގެ މެމްބަރުންނަކީ އެބޭފުޅުންގެ ގޮތުގައި އަމިއްލައިން ލޭބަލްވެ، އެހެން މެމްބަރުންނަކީ އެއީ ވަކި ތަނަކުން އައި ބައެއްގެ ގޮތުގައި ބުނެ ފުރައްސާރައިގެ ބަސްތައް ރައްދު ކުރާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ އަބަދުވެސް ކަންތައް ކުރަމުން އައިގޮތްކަން ޕާޓީގެ އާއްމު މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބާއްވާ ޕްރައިމެރީ އިންތިހާބާއި ކައުންސިލް އިންތިހާބު އަދި ޕާޓީގެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރުމަށް ބާއްވާ އިންތިހާބުގައި ވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޕާޓީއަކީ ތިމްނާމެންގެ އެއްޗެއްގެ ގޮތުގައި ހަދައިގެން އުޅުން ކަމަށެވެ.

“މިހާރު މިދާ ޗެއާޕާސަން އިންތިހާބުގައި ވެސް ހަމައެހެން… މިދިޔަ ދާއިރާ އިންތިހާބުގައި ވެސް ހަމައެހެން.. އަސްލު އެމްޑީޕީ އާއި ނަކްލީ އެމްޑީޕީއަކީ ކޮން ބައެއްކަން އެންމެނަށް ވެސް އެނގޭ… ކުރީ ދުވަހު މަޖިލީހުގެ ނައިބު ރައީސް އެ ވިދާޅުވީ އެމްޑީޕީގެ ލޯޔަލް ބޭފުޅުންގެ ލިސްޓު.. ހަސަން ލަތީފް އެއީ ކޮން ޕާޓީއެއްގެ ބޭފުޅެއްތޯ.. ލިބަރަލް ޕާޓީގަ އެންމެ އެކްޓިކޮށް އުޅުއްވި ބޭފުޅާ އެއީ.. އަޅުގަނޑަށް ބަލާ.. އަޅުގަނޑަކީ ދުވަހަކު ވެސް އެހެން ޕާޓީއެއްގައި އުޅުނު މީހެއް ނޫން.. ފެށުނިއްސުރެ އެމްޑީޕީ… އަޅުގަނޑުމެންގެ ނެތް ކޮން ލޯޔަލްޓީއެއްތޯ އެބޭފުޅުންގެ ހުންނާނީ.” ޝާހިދު

ޝާހިދު ވަނީ އެމްޑީޕީގައި އެންމެ ފަހުން ޕާލިމަންޓް ގްރޫޕުގެ ލީޑަރަކަށް ވެސް ހުންނެވީ ޑީއާރުޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ޕާޓީއާއި ގުޅުނު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިއަދު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ އެހެން ޕާޓީތައް ދޫކޮށް އެމްޑީޕީއާއި ގުޅުނު ބޭފުޅުންކަމަށާއި އެހެން ކަމުން އިހުލާސްތެރިކަމާއި މެދު ވަކި ބަޔަކާއި ސުވާލު އަމާޒު ކުރަންވީ ކީއްވެތޯ އޭނާ ވިދާޅުވި އެވެ.

މިފަދަ ކިތަންމެ ވާހަކައެއް ދެއްކިޔަސް، ޕާޓީގައި ކުރި މަސައްކަތަކީ އެއްވެސް މަސައްކަތެއް ނޫންކަމަށް ނުދެއްކޭނެކަމަށް ޝާހިދު ވިދާޅުވި އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒް އިސްމާއީލަށް ތާއީދު ކުރާ މެމްބަރުންގެ މަގްސަދަކީ ޕާޓީން ރައީސް ނަޝީދު ބޭރުކުރުންކަމަށް ބުނެ އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީސް ތަޅުމުގައި އާއި، ބައެއް މީޑިއާ ޕްރޮގްރާމުތަކުގައި ދައްކާ ވާހަކަތަކަށް ރައްދު ދެމުން ޝާހިދު ވިދާޅުވީ ރައީސް ނަޝީދަށް ކުޑައިމީސްވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ މަސައްކަތް ގަބޫލު ނުކުރާނެ އެއްވެސް މެމްބަރެއް އެމްޑީޕީގައި ނުވަތަ ފައްޔާޒްގެ ކެމްޕެއިން ޓީމުގައި ނުހުންނާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

“ރައީސް ނަޝީދަށް ދެރަވާނެ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެ ހުރެ، ދިވެހި ރައްޔިތަކަށް ވެ ހުރެ، އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރަކަށްވެ ހުރެ އަޅުގަނޑު ނުކުރާނަން.. ދުވަހަކު ވެސް ނުކުރާނަން” ޝާހިދު

އައްޑޫގައި ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ކެމްޕެއިން ހަރަކާތަށް ފަހު މާލެ ވަޑައިގެން ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ބޭނުން ވަނީ ޕާޓީން ރައީސް ނަޝީދަށް ދެރަގޮތެއް ވިޔަ ނުދީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮތުންކަމަށް ވިދާޅުވިޔަސް ޕާޓީ ބައިބައިވާކަމަށް ފެންނަ ހަމައެކަނި ބަޔަކީ ހަސަން ލަތީފް މެންފަދަ ބޭފުޅުން ކަމަށެވެ.

“މި ދެންނެވީ އެބޭފުޅުން ބޭނުންވާ ވަކި މަގްސަދެއް، އެބޭފުޅުންގެ ނިޔަތެއް.. އަޅުގަނޑަށް އެނގޭ ކަމަކީ އަޅުގަނޑުމެން ގައިމު ނެތް އެމްޑީޕީ ބައިބައިކޮށްލުމުގެ ނިޔަތެއް… އެތެރޭގެ އިންތިހާބުގައި މިފަދަ ވާދަވެރިކަން އޮންނާނެ.. ހާއްސަކޮށް ލީޑާޝިޕްގެ ބޭފުޅުން މިވާހަކަތައް ދެއްކީމާ އާއްމު މެމްބަރުންނަށް ހީވާނެ އެއީ ތެދެއްހެން.. އެބާވަތުގެ ވާހަކަ ދެއްކެވުން އެއީ ބައިބައި ކުރަން އެބޭފުޅުން ދައްކަވާ ވާހަކައިގެ ގޮތުގައި އަޅުގަނޑަށް ސިފަ ވަނީ” ޝާހިދު

ޝާހިދު ވިދާޅުވީ އެމްޑީޕީ ބައިބައި ނުވާނެކަމަށާއި، 2023 ގައި ވެރިކަން ކުރާނީ ވެސް އެމްޑީޕީން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރެ ވަނީ ބޮއްސުލައި ދެ ފެކްޝަންއަކަށްވެފަ އެވެ. ޕާޓީގެ އެއްމެންބަރަކު އެނެއް މެނބަރަށް އިގިލި ދިއްކޮށް އިދިކޮޅަށް ގޮވަމުން ދާއިރު މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ވަނީ ނުފޫޒުގެ ބޭނުން ކޮށްގެން ވަޒީފާއިން ބިރު ދެއްކާކަމުގެ ތުހުމަތު ވެސް އެޅުވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: