ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުޔެއް ނުދިން، ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމަށް 100 މިލިއަން 15 ދުވަސް ތެރޭގައި ދައްކަން އަންގައިފި

އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2015 ގައި ކ. ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް އެރި މައްސަލައިގައި ކުރި 100 މިލިއަން ރުފިޔާގެ ޖުރިމަނާ މައާފުކޮށްދޭން އެދުނު ނަމަވެސް އެ ފައިސާ އެންގުމާއި އެއްގޮތަށް 15 ދުވަހުގެ ތެރޭގައި ދައްކަން އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.

މުތާ ރޯޔަލްގެ ޓަގުބޯޓަކާއި، މުތާ ގްރޭސްގެ ބާޖެއް އެ ރަށު ފަރަށް އެރީ 2015 ގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި މެއިންލޭންޑު ޝިޕިން ކުންފުނި ޖޫރިމަނާ ކުރީ އޭގެ ތިން އަހަރު ފަހުން 2018، މާޗު 14 ގައެވެ. ތިމަވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖުރިމަނާގެ އަދަދު ދައްކަން ކުންފުންޏަށް އެންގުމުން އެ ކުންފުނިން އޮތީ އެ އަދަދު މައާފުކޮށްދޭން އެދި ހުށަހަޅާފަ އެވެ.

މި ހާދިސާގައި ފަރަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި 4،370 މީޓަރުގެ ސަރަހައްދެއް ހަލާކުވުމާއި، އޭގެ އަގު 100 މިލިއަނަށް ވުރެ ވެސް މައްޗަށް އަރާނެކަމަށް އިޕީއޭއިން ބުނެ އެވެ. ނަމަވެސް ގާނޫނުގައި ބަޔާންކޮށްފައި ވާ އެންމެ މަތީ އަދަދަކީ 100 މިލިއަން ރުފިޔާކަމަށްވުމުން އެ އަދަދު ދައްކަން ކުންފުންޏަށް އެންގީ އެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި ވެސް ޖުރިމަނާގެ ފައިސާ ނުދައްކައި ތިބުމަށް ފަހު، މި ސަރުކާރުގެ އެންވައިރޮމެންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް މެއިންލޭންޑު ކުންފުނިން ޖުރިމަނާއަށް ލުޔެއް ދޭން އެދި ހުށަހެޅި އެވެ. ނަމަވެސް މިނިސްޓަރު ނިންމެވީ އެއްވެސް ލުޔެއް ނުދީ، ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި އެ އަދަދު ދައްކަން ކުންފުންޏަށް އެންގުމަށެވެ.

ދެ ހަފްތާއެއްގެ ތެރޭގައި ޖުރިމަނާގެ ފައިސާ ދައްކަން ކުންފުންޏަށް އެންގިއިރު ށ. ނޫމަރާ ފަށް ބާޖެއް އުރި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވެސް ދައްކަން ޖެހޭ އަދަދު 61 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއަށް ފަހު އެންމެ ފަހުން ރަސްފަރީ ފަރަށް ބޯޓެއް އަރައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ ދެއްކުމަށް ބާޖުގެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: