ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށްޓަކައި އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރި ނުވާން އެދެން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު މިނިވަންވެވަޑައިގަތް އެ މަނިކުފާނު އިސްކޮށް ހުންނަވައިގެން ކުރިޔައް ގެންދަވާ ހަރަކާތް ތަކަކީ ރައްޔިތުންގެ ތާއިދުނެއް ހަރަކާތް ތަކެއްކަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖުލީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއާއި އިންޑިއާ ދެމެދު ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލައި، އޭގެ ދަށުން ރާއްޖޭގައި އެ ގައުމުގެ ސިފައިން އެބަތިބިކަމަށް ބުނެ އިދިކޮޅުން ދަނީ “އިންޑިއާ އައުޓް” ގެ ނަމުގައި ބޮޑު ހަރަކާތެއް ހިންގަމުންނެވެ. ހާއްސަކޮށް ޖަލު ހުކުމުން ސަލާމަތްވެ ރައީސް ޔާމީން އިސްވެ ހުންނަވައި ކުރިޔަށް ގެންދާ ހަރަކާތުގެ ސަބަބުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ބުނެ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުގައި މި ސަރުކާރު އޮތީ އިންޑިއާގެ ނުފޫޒުގައި ޖެހިފަ އެވެ. އަދި މުހިންމު ނިންމުންތަކުގައި ރާއްޖެއަށް އެންމެ ފަހު ގޮތް ނިންމެނީ އިންޑިއާގެ އެންގުމާއި އެއްގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އިންޑިއާ ހަރަކާތް މަޑުޖެހި، ދަތުރުތައް ވެސް ކޮންމެވެސް ވަރަކަށް ހުއްޓިފައި ވަނިކޮށް ރައީސް ޔާމީން ވަނީ މިއަދު އދ. މަހިބަދޫއަށް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާއި އިދިކޮޅަށް ރަޢީސް ރައީސް ހިންގަވާ ހަރަކާތްތަކަކީ ރައްޔިތުންގެ ތާއިދު ނެތް ހަރަކާތް ތަކެއް ކަމުގައެވެ. އަދި އެ ހަރަކާތް ތަކަކީ ދިވެހިންނަށް ގެންލުންދޭނެ ހަރަކާތް ތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމްގެ މެންބަރުންގެ ކިބައިން ވަރަށް އިހުލާސްތެރިކަމާއި އެކު ނަޝީދު އެދިލައްވަފައިވަނީ ޤައުމަށްޓަކައި އިދިކޮޅު ހަރަކާަތް ތަކުގައި ބައިވެރި ނުލެއްވުމަށެވެ.

އިންޑިއާ އައުޓް ހަރަކަތަކީ ކުރީގެ ރައީސް އިސްކޮށް ހުންނަވައިގެން، ރާއްޖޭގައި ތިބި އިންޑިޔާ މިލިޓަރީ ސިފައިން މި ޤައުމުން ބޭރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންޑިއާ އައުޓް ގޮވަނީ ޤައުމަށް ޓަކައި. ދެން ކީންވެ އެހެން ނުގޮވާންވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: