ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 1:00 އާ ހަމައަށް

ފޮޓޯ: ސަންގުޓީވީ -- ކައިލާން ޓްރެންޑްސް ފިހާރައަށް އެއްއަހަރު ދުވަސް ފުރުން ފާހަގަކުރުމަށް، ފިހާރައިގެ ހުރިހާ ސާމާނަކުންވެސް 50 އިންސައްތަ ޑިސްކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ދަންވަރު 1:00 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހާ ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ.

ކެފޭ، ރެސްޓޯރެންޓްންތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ކެފޭ ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިގޮތަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: