ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ޕީޕީއެމާއި ނުބެހި ރަނގަޅީ، ގެއްލެމުން ދާ އަމިއްލަ ޕަޓީ ހޯދޭތޯ އުޅުން: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ސިޔާސީ ހަރަކާތަށް ބަސް ނުބުނެ، އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކޮށް ޕާޓީ އަނބުރާ ލިބޭތޯ މަސައްކަތް ކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަސް އަހަރުގެ ހުކުމުން ސުޕްރީން ކޯޓުން މިނިވަންވުމަށް ފަހު ހުއްޓުމެއް ނެތި “އިންޑިއާ އައުޓް” ގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ އދ. އަތޮޅުގަ އެވެ.

ރައީސް ޔާމީން އިސް ހުންނަވައި ކުރައްވަމުން ގެންދަވާ ދަތުރުތައް އެއީ ގައުމަށްޓަކައި ވާ ގުރުބާނީއެއްގެ ގޮތުގައި ސިފަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަކީ މިހާރު ރާއްޖޭގައި ހުންނެވި ބޮޑުތަކުރުފާނު ކަމަށެވެ.

“ނަޝީދައް އަޅުގަނޑު ދަންނަވަލަން ބޭނުންވަނީ ޕީޕީއެމްގެ ކަންތައްތަކަ ނުބެހި އިހަށް އަމިއްލަފުޅު ޕާޓީގެ ކަންތައްތައް ހަމަޖައްސަވާށޭ.. ޕާޓީތެރޭގައި ބޮޑުތަނުން ބަލިވެވަޑައިގަތީމައި ދެން ކޮންމެހެން އަޅުގަނޑުމެން ޕާޓީއާއި ކަންތައްތަކާ ބެހިވަޑައިގަންނަވަން އުޅުއްވާނެ ކަމެއްނެތޭ.. އެއަށްވުރެން ރަނގަޅުވާނީ މަނިކުފާނު އުފެއްދެވި ޕާޓީ އަލުން އަނބުރާލިބޭތޯ މަސައްކަތް ފެއްޓެވުމޭ” އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅުގެ ސިޔާސީ ޕާޓީގެ މަސައްކަތްތަކަށް ބަސް ބުނުމަށް ވުރެ ރަނގަޅުވާނީ ރައީސް ނަޝީދު އަމިއްލަ ޕާޓީ ދިފާއު ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. ޕާޓީގެ ތެރޭގައި ރައީސް ނަޝީދާއި ކުރިމަތިވެފައި ވަނީ ބޮޑު ނާކާމިޔާބީއަކާއި ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އެމްޑީޕީގެ ކަންކަން ހަމަޔަކަށް އެޅުވުމަށް އެމަނިކުފާނަށް ގޮވާލާފަ އެވެ. އަދި އަމިއްލަ ތާއީދު ނުގެއްލެނީސް، އަލުން ޕާޓީ އަނބުރާ ލިބޭތޯ ރައީސް ނަޝީދު މަސައްކަތް ކުރަން އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު ދައްނަވާލަން ބޭނުން ވަނީ މަނިކުފާނުގެ ހިތުގަ ތި ވިދާޅުވާ ކަހަލަ ޤައުުމީ ރޫހެއް ޤައުމީ ލޯތްބެއް އޮތްކަމުގައި ވަނީ ވިއްޔާ މި ސަރުކާރުން ދިވެހި ރައްޔިތުންނަށް މި ކުރާ ދުއްތުރާލާއި އަދި މިރާއްޖެގެ މިނިވަންކަމާއި އިސްތިގުލަލު ގެއްލުވާލާ ރާއްޖެ އިންޑިޔާގެ އަޅުވެތިކަމުން ގެންދަން އުޅޭ މި މަސައްކަތައް ފާޅުގައި ދެކޮޅު ހައްދައި ނިކުމެ އިންޑިޔާއައުޓް ޖައްސަވައިން، ޓީޝާތެއް ތުރުކުރައްވައިގެން އަޑުގަނޑުމެންނާއި އެކީގަ ދެންއޮތް ހަރަކާތެއްގައި ބައިވެރި ވާށޭ” އަބްދުއްރަހީމް

އިދިކޮޅުގެ ސިޔާސީ ހަރަކާތަށް ތާއީދެއް ނެތްކަމަށާއި، އެކަމުގައި ބައިވެރިނުވުމަށް ރައީސް ނަޝީދު ގޮވާލާފައިވާތީ ރައީސް ޔާމީން ވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވެސް ގޮވާލީ ރައީސް ނަޝީދު އަމިއްލަ ޕާޓީ ސަލާމަތް ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: