ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ މާރުކޭޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މާލޭ ލޯކަލް މާރުކޭޓް. ފޮޓޯ: ޓްރިޕްއެޑްވައިޒަރޑޮޓްކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ ދެ ސަރަހައްދެއްގައި ވަގުތީ ދެ މާރުކޭޓް ހެދުމަށް ނިންމާ، އެ ދެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ.

ވަގުތީ މާރުކޭޓު ހުޅުވުމަށް ނިންމައިފައި ވަނީ ދަރުބާރުގޭގެ އިރުން އޮންނަ ހުސްބިމުގައާއި ތާޖުއްދީން ސްކޫލުގެ ހުޅަނގުން އޮންނަ ހުސް ބިމުގައެވެ.

ވަގުތީ މާރުކޭޓު ހުޅުވުމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މާރުކޭޓުތައް ހެދުމަށް ނިންމައިފައި ވަނީ ރޯދަ މަހާ ގުޅިގެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ތަރުކާރީއާއި، މޭވާގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.

ވަގުތީ ދެ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން ކަމާ ގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ފުރުސަތު ދިނީ މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެ. ނަމަވެސް ސިޓީ ކައުންސިލުން މިއަދު ވަނީ އެ މުއްދަތު މި މަހުގެ 20ވަނަ ދުވަހުގެ މެންދުރުފަހު 2:00އަށް އިތުރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: