ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓުގެ އިންޒާރެއް ޓެކްސީ ޑްރައިވަރުންނަށް، އަގަށް ބަދަލު ގެނައުމުގެ ބާރު އޮތީ މިނިސްޓްރީއަށް!

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުގެ ދަށުން ޓެކްސީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު ލިބިދީފައި އޮތީ މިނިސްޓްރީއަށްކަމަށް ޑްރައިވަރުންނަށް ޓްރާންސްޕޯޓުން އަންގައިފި އެވެ.

ރަޝީއާ ޔުކްރެއިން ދެމެދު ދާ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. މިގޮތުން ރާއްޖެއަށް އެސްޓީއޯއިން ފޯރު ކޮށްދެމުންދާ ތެލުގެ އަގުވެސް ވަނީ މައްޗަށް އުލިފައެވެ.

މިކަމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ދަތުރުތަކުގެ އަގުކަމަށް އުސޫލުގައި ބަޔާން ކުރާ އަދަދަށް ބަދަލު ގެނައުމަށް އެދި ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށައަޅާފައެވެ. ނަމަވެސް މިކަމާއި ގުޅޭ އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ޑްރައިވަރުން ދަތުރުތައް ހުއްޓާލައި ހުޅުމާލޭގައި އިހުތިޖާޖު ވެސް ކުރި އެވެ. މި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ޓެކްސީތައް ބައިވެރިވެ، މާލެ ހުޅުމާލެ ހައިވޭ ބްލޮކް ކުރުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

އޭގެ ތެރޭގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ފުރަން ޖެހޭ ގަޑިއަށް އެއާޕޯޓަށް ބައެއް މީހުންނަށް ނުދެވި ދިމާވި މައްސަލަތަކެވެ. އަދި ސޯޝަލް މީޑިއާގައި އާއްމުން ވަނީ ހައިވޭގައި ތާށިވެފައި ތިބެން ޖެހުމުންނާއި، ބްރިޖަށް ބާރު ބޮޑުވެ ބަސް ދަތުރުތައް އެމްޓީސީސީން ހުއްޓާލުމުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެރޭ ދަތުރުތައް ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން، ބަސްތަކަށް ވެސް މަޖުބޫރުވީ ވަކި ވަގުތަކާއި ހަމައަށް ދަތުރުތައް މެދު ކަނޑާލުމަށެވެ.

ދަތުރުތަކުގެ އަގު ބޮޑު ކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީ މިނިސްޓްރީން އާއްމު ކުރި ބަޔާނުގައި ވަނީ، އެރޭގެ އިހުތިޖާޖުގެ ސަބަބުން މަގު ބްލޮކްވެ ދިމާވި ދަތިތައް ފާހަގަކޮށް އެ އަމަލު ކުށްވެރިކޮށްފަ އެވެ.

މިނިސްޓްރީ އާއި ފުލުހުންގެ އެއްވެސް އެންގުމަކަށް އަމަލު ނުކުރާނެކަމަށް ބުނެ ޑްރައިވަރުން ބުނީ އަގު ބޮޑު ކުރުމާއި މެދު ގޮތެއް ނިންމާނީ ޓްރާންސްޕޯޓުން ނޫންކަމަށާއި ސެންޓަރުތަކުން ބޭނުންވާ ގޮތަކަށް ބަދަލުތައް ގެނައުމުގެ ބާރު އެބައޮތް ކަމަށެވެ. އެހެން ނޫނީ ދަތުރުތައް ހުއްޓާލާނެކަމަށް ބުނެ ޑްރައިވަރުން ވެސް އިންޒާރު ދިނެވެ.

މި މައްސަލައިގައި ފުލުހުން ވެސް ވަނީ ބޮޑު އަގުގައި ދަތުރުތައް ކުރާނަމަ އެކަން ރިޕޯޓު ކުރުމަށް އެދިފަ އެވެ. ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތާއި، އާއްމުކުރި ބަޔާން ކުށްވެރިކޮށް ޑްރައިވަރުން ބުނީ ފުލުހުން ޓެކްސީތަކަށް ހުރަސްއަޅަނީ ކަމަށެވެ.

ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓާ ނަހުލާއަށް އިސްތިގުފާއަށް ގޮވާލަމުން ދާ މި ދަނޑިވަޅުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ޓެކްސީ ދަތުރުކުރާ އަގުތަކަށް ބަދަލުގެނައުމަކީ ގާނޫނުން ޓްރާންޕޯޓު މިނިސްޓްރީއަށް ލިބިދީފައިވާ ބާރެއް ކަމާއި މި ހައްގު ޓެކްސީ ޑްރައިވަރުންނަށް ލިބިގެން ނުވާކަމުގައެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ ބޮޑު އަގު ނުނެގުމަށާއި އަދި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީ ހިދުމަތް ދިނުމަށް ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް އިލްތިމާސްކޮށްފަ އެވެ.

ބަޔާނުގައި އިތުރަށް ވަނީ ޓެކްސީގެ ހިދުމަތަކީ ހުރިހާ ރައްޔިތުންނާއި ގުޅި ލާމެހިފައިވާ އަސާސީ ހިދުމަތެއް ކަމުން ދެ ފަރާތުގެ ހައްގުތަށް ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީއެއްގެ ޒިންމާއެއް ކަމަށެވެ.

އިހުތިޖާޖުގައި ޑްރައިވަރުން ވަނީ ކަޅު ބިއްލޫރި މަނާ ކުރާ އުސޫލު އުވާލުމަށާއި، ޕްރައިވެޓް ހަޔާ ދަތުރުތައް ހުއްޓުވުމަށް ވެސް ގޮވާލާފަ އެވެ. އަދި އަހަރީ ފީ އުވާލުމަށް ވެސް އިހުތިޖާޖުގައި ގޮވާލާފައި ވެއެވެ.

މީގެ ކުރިން ސައިކަލު ޓެކްސީ ތައާރަފު ކުރުމުން އެކަމާއި ދެކޮޅަށް ވެސް ޑްރައިވަރުން އަޑުއުފުލައި، އެކަން ހުއްޓާލަން ގޮވާލި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: