ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫޓީއެފް އެއްބަސްވުމާ ގުޅޭގޮތުން ޔާމީން ދައްކަނީ ދޮގު ވާހަކަތަކެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުން ގެންދަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ޔާމީން މިދިޔަ ހަފްތާ ބަންދުގައި އދ.މަހިބަދޫގައި އުތުރު ތިލަފަޅާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ވަކިވަކިން ރައްދުދެއްވާ، ޔާމީންގެ ވާހަކަފުޅުތައް ދޮގު ކުރައްވާފައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމާ ގެ މަގްސަދާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ހަގީގަތާއި ހިލާފަށް ރައީސް ޔާމީން ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

އެގޮތުން އިންޑިއާ ސިފައިން ބޭރުންވާ ހަތިޔާރެއް ވެއްދޭނެކަމަށް ބުނާ ވާހަކައަކީވެސް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަަކައެއް ކަަމަށެވެ.

ނަޝީދު ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް 22 ސެޕްޓެމްބަރު 2021 ގައި މަޖިލީހަށް ހުށަހެޅިކަމަށާއި އަދި އެ މައްސަލައިގައި އެދިފައި އޮތީ އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގައި ނުރަކަލެއް ނެތްކަން ކަށަވަރުކުރުމަށް އިންޑިއާ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުންތަކުގެ އަސްލު ދިރާސާކޮށް ނުރައްކަލެއް ހުރިތޯ ބަލައިދިނުމަށް ކަމަށެވެ.

އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދިރާސާކުރުމަށް ހަވާލުކުރެވުނުކަން ފާހަގަކޮށް ރައިސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުންތަކާ ގުޅިގެން ޑިފެންސް މިނިސްޓްރީ އަދި އެމްއެންޑީއެފްގެ ކަމާގުޅުންހުރި ފަރާތްތައް މަޖިލީހަށް ވަޑައިގެން ވަކިވަކި އެއްބަސްވުންތަކާ ބެހޭ ޕްރެޒެންޓޭޝަން ކޮމިޓީގެ މެމްބަރުންނަށް ދެއްވި ކަަމަށެވެ.

އަދި މި ބައްދަލުވުންތަކުގައި މެމްބަރު އާދަމް ޝަރީފް އެދިފައިވާ އެއްބަސްވުންތަކުގެ އަސްލު، ކޮމިޓީ މެމްބަރުންނާ ހިއްސާ ކުރެވުނު ކަމަށާއި، އެގޮތުން ސޮއި ކޮށްފައިވާ އެއްބަސްވުންތައް ސްކްރީނުން ދެއްކި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެއްބަސްވުމުގެ ހާޑްކޮޕީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާ ހިއްސާ ނުކުރީ އެގޮތަށް އެކަން ކޮށްފިނަމަ ސޯޝަލް މީީޑިއާގައި އާންމުވެ ރާއްޖެއާ އިންޑިއާގެ މަސްލަހަތަށް ބުރޫއަރާފާނެތީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: