ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައިގައި ދިފާއަށް ހެކި ހުށަހަޅަން ރައީސް ޔާމީނަށް ފަސް ދުވަސް!

ކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތަކަށް ފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގައި ހުންނަވައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްވެ، މަންފާ ނެންގެވިކަމަށް ބުނެ އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުުފުލާފައިވާ ދައުވާތަކުގެ ދިފައަށް ހެކި ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

ވ. އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.

މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ވެސް ހެކި ހުށަހެޅުމުގެ މަރުހަލާ އެވެ. ނަމަވެސް ލިބެންޖެހޭ ބައެއް ލިޔެކިއުންތައް ނުލިބޭތީ ރައީސް ޔާމީންގެ ފަރާތުން އެދުނީ ހެކި ހުށަހެޅުމުގައި އިތުރު ފުރުސަތެއް ދިނުމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅަން ޖެހޭ ހެކިތަކާއި، ލިޔުންތައް މިއަދު ޝަރީއަތަށް ހުށަހެޅި އެވެ.

ދައުލަތުން ހެކި ހުށަހެޅިއިރު، އޭގެ ތެރޭގައި ހިމެނެނީ ލިޔުމުން ހުށަހަޅާ ހެއްކެވެ. މި މައްސަލައިގައި އޯޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް ނިމިފައި ނުވތީ ދައުލަތުން ވެސް އިތުރު ފުރުސަތަކަށް އެދުނެވެ. ދައުލަތުން ހުށަހެޅީ އެއް ދުވަހެއްގައި އެބައި ކުރިޔަށް ގެންދިއުމަށް ނަމަވެސް، މައްސަލަ ބައްދަލަވާ ގާޒީ ވިދާޅުވީ ދެ މަޖިލީހެއްގައި ހެކި ހުށަހަޅުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ރައީސް ޔާމީނާއި އެކު މި މައްސަލައިގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ވެސް އެދުނީ އިތުރު ފުރުސަތެއް ދިނުމަށްކަމުން ގާޒީ ވަނީ އޭނާއަށާއި ރައީސް ޔާމީނަށް ހެކި ހުށަހަޅަން ފަސް ދުވަސް ދީފަ އެވެ. އެހެންވެ ދެން އޮންނަ އަޑުއެހުމެއްގައި ވެސް ކުރިޔަށް ގެންދާނީ ހެކި ހުށަހެޅުމުގެ ބައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް އާރަށް ދޫކޮށްގެން ލިބުނު ފައިސާ ޖަމާކުރީ ރައީސް ޔާމީންގެ އެކައުންޓަށްކަމަށް ބުނެ ކުރާ ތުހުމަތަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ.

މިއީ ދިވެހި ރައްޔިތުންނާއި ވެސް ގުޅިފައިވާ މައްސަލައަކަށް ވާތީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ވަނީ ޝަރީއަތް ލައިވްކޮށް ކުރިޔަށް ގެންދިއުމާއި މެދު ކޯޓުގެ ނިންމުމަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ޓީވީތަކުން ބްރޯޑްކާސްޓުކޮށް ކުރިޔަށް ގެންދިއުމާއި މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެ ހުއްދަ ދޫކުރާނެ ބައެއް ވެސް ނުނިންމާކަން ފާހަގަކޮށް ވިދާޅުވީ، ހެކި ހުށަހެޅުމުގެ މަރުހަލާއަށް ފަހު ދެން މައްސަލަ ލައިވްކޮށް ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

ހިޔާނާތުގެ މަންފާ ހޯދިކަމަށް ބުނާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރީގެ މައްސަލައަކީ ރަށް ކުއްޔަށް ދޫކުރުމުގައި ހިމެނޭ މުއާމަލާތާއި ގުޅޭ މައްސަލައެކެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި (އެއް މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތި ހުރިހާ ޚިޔާނާތެއް ހުރިއިރު ޔާމީނު މިނިވަންކަމާއެކު ދޫކޮށްލާފައި ހުރުމަކީ ވަރަށްބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: