ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގައި ބަލާނީ މައިގަނޑު ހަތަރު ޝަރުތަކަށް: އަސްލަމް

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމުގައި މާބޮޑު ކްރައިޓީރިއާ ތަކެއް ނެތް ކަމަށާއި ބަލާނީ މައިގަނޑު ހަތަރު ޝަރުތަކަށް ކަމުގައި ޕްލޭނިންގ އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މާލެއިން ގޯތި ދޫކުރުމާއި ބެހޭ ގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ މާލެ ރަށްވެހިންނަށް ގޯތި ދޫކުރުމުގައި މާބޮޑު ކްރައިޓީރިއާ އެއް ނެތް ކަމަށާއި އެކަމުގައި ހިމެނެނީ މައިގަނޑު ހަތަރުކަމެއް ކަމުގައެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަށް މާލެއިން ގޯތި ދިނުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުމާއި ވާރުތަ މުދަލުގެ ގޮތުގައި ނުވަތަ ވާރުތަވުމަށް ވެސް އެވަރުގެ ބިމެއް ނެތުމާއި، މާލޭގެ ދަފްތަރުގައި ޖެހިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބުނު ދަރިންގެ ތެރެއިން ދަފްތަރުގައި ނުވަތަ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށްވުމާއި މާލެއަށް އުފަން މާލޭގައި ދިރިއުޅޭނެ ތަނެއް ނެތް މީހުންކަމުގައިވުމެވެ.

މީގެ އިތުރުން މާލެއިން ގޯތި ދިނުމުގައި އަމަލުކުރާނެ އުސޫލާއި ގުޅުން ހުރި އިތުރު ކަންކަމާއި ގުޅޭ ގޮތުން މާލޭގެ މަޖިލިސް މެމްބަރުން ހިމެނޭގޮތަށް ރައީސް އޮފީހުގެ ޕޮލިސީ ފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ގޯތިދިނުމުގައި މާސްކް ދިނުމުގައި އުމުރުފުރާ ތަފާތު ކަމުގައި ވިދާޅުވަމުން އަސްލަމް ވިދާޅުވީ މީހަކާއި އިނދެގެން އުޅޭތީ އިތުރު މާކްސް ދިނުމަށް ވިސްނާފައި ނެތް ނަމަވެސް ދެމަފިރިން ގުޅިގެން ގޯއްޗަށް އެދި ހުށައަޅާނަމަ ދޭ މާކްސް ދެމަފިިރިން އެކުގައި ލިބިފައިވާ ދަރިންނަށް ބަލައި އިތުރުވާނެ ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން މީހަކާއި އިނދެގެން ދެމަފިރިންނަށް ދެ ކުދިން ނޫނީ އެއްކުއްޖަކު ލިބިފައިވާނަމަ ލިބޭ މާކްސް ތަފާތުވާނެ ކަމަށާއި އެއަށްވުރެ ދަރިން އިތުރުވާނަމަ އެބަޔަށްވެސް ލިބިގެން ދާނީ ވަކި މާކްސް އެއްކަން ފާހަގަކުރައްވާފައިވެއެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާކްސް ދިނުމުގައި ހާއްސަ ސަމާލުކަމެއްދޭން ނިންމާފައިވާ ކަމަށްވެސް އަސްލަމްވިދާޅުވިއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު ދެނެގަނެ އެހާލަތަށް ބަލައި މާކްސް ދޭނެ ގޮތްތަކެއް މިހާތަނަށް އަދިި ނިންމާފައި ނުވާ ކަމާށް ވެސް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ހިލޭ ބިން ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ވެރިކަން ނިމުމުގެ ކުރިން މާލޭ ރަށްވެހިންނަށް ހިބަފަތް ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ަދި މާލޭ ރައްޔިތުންނަށް ގުޅީފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ގޯތިދިނުމަށް ނިންމާފައިވާ ކަމުގައި ރައީސްގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: