ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންގެ އަދަދު 50 އަށް މަދުކުރާނަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައީސް ކަން ލިބިވަޑައިގެންފި ނަމަ މަޖިލިސް މެންބަރުންގެ އަދަދު 85 އިން 50 އަށް ތިރި ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ 90 ދުވަހަށް ފަހު ރިޔާސީ ކެމްޕެއިން އަލުން ފެށުމުގެ ގޮތުން ބޭއްވި ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ރާއްޖެ ފަދަ ގައުމަކަށް މަޖިލީހުގައި 85 މެންބަރުން ގިނަ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި އެ އަދަދު 50 އަށް މަދު ކުރައްވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ މަޖިލީސް މެންބަރުންނަކީ ވެސް މަގާމުން ވަކި ކުރެވޭ ބަޔަކަށް ހަދައި، ރާއްޖެއަށް ރިކޯލް ވޯޓް ތައާރަފު ކުރުމަށް ކުރަން ޖެހޭ މަަަސައްކަތް ކުރައްވާ، އެ ވޯޓް ނެގޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

ހަމައެއާއެކު މަޖިލީހުގެ ހުރި ބައެއް ކަންކަމަށް ގެންނަވާނެ ބަދަލުތަކުގެ ތެރެއިން މަޖިލީސް މެންބަރުންގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް މިހާރު އޮތް ވިޕް ނެރުމުގެ އުސޫލު އުވާލައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: