ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ “ނިޕޯން ރަމަޒާން ބާޒާރު” ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަނުން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށްް “ނިޕޯން ރަމަޒާން ބާޒާރު ޕްރޮމޯޝަން” މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ޕެއިންޓް ޝޯރޫމްގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ޕްރޮމޯޝަން އިފުތިތާހުކޮށްދެއްވީ ކުންފުނީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމާއި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. އެސްޓީއޯއިން ބުނީ ކުލަ އާއި ދަވާދު ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިޕްރޮމޯޝަންގެ ތެރެއިން ކުލަ ގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ލަކީޑްރޯއެއް ވެސް ހުޅުވައިވެ އެވެ. އެގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިއަކަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބޭނެ އެވެ. އޭގެ އިތުރުން ވެސް އެ ޕްރޮމޯޝަންގައި އިތުރު އަގު ހުރި އިނާމްތަކެއް ދޭން ހަމަޖެހިފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: