ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ބަސް ވިކޭ ޕާޓީއަކަށް ހަދާނަނަން: އިންތި

މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ބަސް ވިކޭ ޕާޓީއެއް ކަމަށް ހަދާނަނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި ރޭ ބޭއްވި އިންތިގެ މެނިފެސްޓޯ އިފްތިތާހު ކުރުމުގެ ޖަލްސާގައި މެނިފެސްޓޯގައި ހިމަނަފައިވާ ކަންތައްތައް ހާމަ ކުރައްވަމުން އޭނާ ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަކީ ބަސް ވިކޭ ޕާޓީއެއްކަމުގައި ހަދާނެކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހާއި، ގައުމީ ހިންގާ ކޮމިޓީއާއި އަތޮޅު ސިޓީ މަޖިލީހާއި ޕާޓީގެ ދާއިމީ ކޮމިޓީތައް މެދުވެރިކޮށް އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއްގެ ސިޔާސަތު އެކަށައެޅުމުގައި ޕާޓީގެ އަސާސްތަކަށް ރިޔާއަތް ކުރާ މިންވަރު ބަލާ އެކަންތައްތައް ކަށަވަރުކޮށްދޭނެ ކަމުގައި އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ސިޔާސަތުތަކާއި މެނިފެސްޓޯ އާއި ސަރުކާރުގެ ސްޓްރޭޓްޖިކް އެކްޝަން ޕްލޭން ތަންފީޒު ކުރެވޭ މިންވަރު ޕާޓީގެ ދާއިމީ ކޮމިޓީތަކުން ގަވާއިދުން މޮނިޓާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާދިނުން ވަނީ އޭނާގެ މެނިފެސްޓޯގައި ހިމަނާފައެވެ.

ހަމައެއާއެކު އެމްޑީޕީގެ ވެރިކަމުގައި ސިޔާސީ މަގާމުތަކައް އައްޔަން ކުރުމާއި ވަކި ކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލާއި މެދު ރައްޔިތުން ކުރަމުން ގެންދާ ޝަކުވާތަކަށާއި ކަންބޮޑުވުންތަކައް ހައްލު ހޯއްދަވައިދެއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިގޮތުން މިފަދަ މަގާމުތަކައް ޕާޓީގެ މެންބަރުން އަންޔަން ކުރުމުގައި ރިއާޔަތް ކުރާނެ އުސޫލުތަކާއި ހަމަތައް އެކަށައަޅާނެ ކަމަށާއި އިޖުރާތްތައް ގާއިމްކޮށް އެ އިޖްރާއަތްތަކައް އަމަލު ކުރާ މިންވަރު ކަށަވަރު ކުރާނެ ކަމުގައިވެސް އިންތި ދެންނެވިއެވެ.

އޭނާގެ ޗެއާޕާސަންކަމުގައި އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ ތެރެއިން ޖާގަ ތަނަވަސް ކޮށްދޭނެކަމަށާއި ޕާޓީއަށް ދައުލަތުން ލިބޭ ފައިސާ އަތޮޅުތަކާއި ދާއިރާތަކަށް ބާހާލުމުގައިވެސް އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރަށް ޕާޓީން ބަޖެޓް ކަނޑައަޅާ އަދި ވަކި އުސޫލަކުން ވަކި އަމަޒާކަށް ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އިންތި ފާހަގަ ކުރެއްވިއެވެ.

އެގޮތުން އިންތިޒާމުގެ ހިންގާ ސިޔާސީ ހަރަކާތްތަކަށް އެބަޖެޓުން ކަނޑައަޅާނެކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕާޓީގެ ދަފްތަރު ސާފްކުރައްވާނެ ކަމަށާއި ޕާޓީއާއި ބެހޭ މައުލޫމާތުތައް ފޯރުކޮށް ދިނުމަށް މޯބައިލް އެޕްއެއް ޑިޒައިން ކުރެއްވުންވެސް އިންތިގެ މެނިފެސްޓޯގައި މިވަނީ ހުށައަޅާފައެވެ. އަދި ލާމަރުކަޒީ ނިޒާމާއި އެއްގޮތް ވާގޮތުގެ މަތިން ޕާޓީގެ އޮނިގަނޑު ބަދަލުކުރާނެ ކަމުގައިވެސް އިންތި ވިދާޅުވިއެވެ. އަތޮޅު ސިޓީ މަޖިލީހެއް ގާއިމްކުރައްވާނެ ކަމަށާއި ލާމަރުކަޒީ ނިޒާމާއި ހިލާފު ކަންތައްތައް އުވާލެވިގެން ދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ބައިނަލް އަގުވާމީ ޖަމްއިއްޔާތަކާއި ގުޅުން ބަދަހިކޮށް ސިޔާސީ ގޮތުންނާއި އެހެން ގޮތް ގޮތުންވެސް ތަޖުރިބާ އާއި އިލްމް ހާސިލް ކުރުމުގެ ފުރުސަތު ހާއްސަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންނަށް އޭނާގެ ޗެއާޕާސަންޝިޕްގެ ދަށުން ފަހި ކޮށްދޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ފަރާތްތަކަށް ހާއްސަކޮށްގެން ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި ޖާގަ ކަނޑައެޅިގެންދާނެ ކަމުގައިވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހާއި އެއް ހަމައެއްގައި އަތޮޅުތަކުގެ މަޖިލީސްތައް ލައިވްކޮށް އާއްމުކޮށް އެމްޑީޕީގެ މެންބަރުންނަށް ފެންނާނެ ގޮތަށް ގެނެސްދިނުމަށް މަސަކަތްކުރައްވާ އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވުމަށް އިންތި ވަނީ ވައުދު ވެވަޑައިގެންފައެވެ.

ކައުންސިލްތައް މެދުވެރިކޮށް އެމްޑީޕީގެ ދާއިމީ ހަރުގެ ބިނާ ކުރުމަށްޓަކައި ބިން ހޯދައިދެއްވާނެކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ރަށު ޖަގަހަ އަމިއްލަ ފައި މައްޗަށް ނެގުމަށްޓަކައި ބަޖެޓް ފޯރުކޮށްދޭނެކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: