ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން އިންޑިއާ އައުޓް ހިންގަނީ ގައުމަށް ގެއްލުން ދޭން: ނަޝީދު

އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަހަކަ ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިންގައި އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންފުޅު ވަނީ ގަސްތުގައި ގައުމަށް ގެއްލުންދީ އެހެން ގައުމުތަކުގެ ވެރިންނާއި ރާއްޖެ ދެމެދު މައްސަލަ ޖެއްސުންކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ފާޑުކިއުންތަކާއި އެކު ވެސް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާ އިދިކޮޅު ”އިންޑިއާ އައުޓް“ ހަރަކާތަށް ފަހަކަށް އައިސް ރައީސް ނަޝީދުގެ ގިނަ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. މަޖިލީހުގެ ތަޅުމުގައި އާއި ޓްވީޓުތައް އަދި ޕާޓީގެ އެކި ބައްދަލުވުންތަކުގައި ރައީސް ޔާމީން ފިތުނަ އުފައްދަން މަސައްކަތް ކުރައްވާކަމަށް ބުނެ ރައީސް ނަޝީދު ނުރުހުން ފާޅުކުރެއްވި އެވެ. މިއީ އެއްވެސް ރައްޔިތެއްގެ ތާއީދު ނެތް ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ވިދާޅުވީ ”އިންޑިއާ އައުޓް“ ހިންގައި ރައީސް ޔާމީންގެ ބޭނުމަލީ އަލުން ވެރިކަމަށް އައުން ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމާއި، އިންޑިއާގެ އެކި އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލާފައިވާތީ ރައީސް ނަޝީދު ވަނީ ހަތިޔާރާއި އެކު ރާއްޖޭގައި އެގައުމުގެ ސިފައިން ނެތްކަމަށާއި ރައީސް ޔާމީން ދައްކަވަނީ ސާބިތު ނުހިފޭ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވެފަ އެވެ.

މިވާހަކަތައް އަނެއްކާވެސް ތަކުރާރު ކުރައްވައި ރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ދަހިވެތި ކަމުގައި ރައީސް ޔާމީން ވަރަށް ހުތުރު އަމަލުތައް ހިންގަވާކަމަށެވެ. އަދި އޭގެތެރެއިން އެއް އަމަލަކީ އިންޑިއާ އައުޓަށް ގޮވައި ހިންގާ ހަރަކާތްތައްކަމަށާއި މިއީ ނުރައްކާތެރި އަމަލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިގުލާލަށް ގެއްލުމެއް ދެވޭނީ މިހާ މިންވަރަށް ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރަނީ ބޮޑެތި ގައުމުތަކާއި ރާއްޖެއާއި ދެމެދު މައްސަލަ ޖެއްސުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ގައުމުތަކާއި ވަރަށް އެކުވެރިކޮށް މަސައްކަތް ކުރާ ދިވެހިރާއްޖެއަށް ގެއްލުންވާ ގޮތަށް ރައީސް ޔާމީން މިފަދަ ހަރަކާތެއް ހިންގަނީ ގަސްތުގައި ގެއްލުން ދޭން ބޭނުންވާތީކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. މިފަދަ އަމަލުތަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެކަމަށާއި މިއީ އަމިއްލަ އެދުމުން ފޯވެ ހުރެ ރައީސް ޔާމީން ގެންދަވާ ހަރަކާތެއްކަމަށް ރައީސް ނަޝީދު ތަކުރާރު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: