ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން އެދިގެން ނިހާންގެ ޝަރީއަތް ކެންސަލް!

ނިހާންގެ ރޮލެކްސް ގަޑީގެ މައްސަލައިގައި ޕީޕީއެމްގެ ތެރޭގައި ވެސް ނުތަނަވަސްކަން އުފެދުނު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ބޭއްވުމަށް ތާވަލް ކުރުމަށްފަހު ދައުލަތުން އެދިގެން ކްރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 9 ޖަހާއިރަށް ޝަރީއަތް ބޭއްވުމަށް ތާވަލު ކުރެވިފައިވީ ނަމަވެސް އެކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ކެންސަލް ކުރުމަށް އެދި ޕީޖީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މައްސަލަ ކެންސަލް ކުރުމަށް މެދުވެރިވި ސަބަބު ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވާ ގޮތުން އެމްއެމްޕީއާރުސީގެ ތެރޭގައި ހިނގަމުން ދިޔަ ކޮރަޕްޝަންތަކެއްގެ މައްސަލައިގައި އޮޑިޓު ރިޕޯޓު ރައްްޔިތުންގެ މާލިއްޔަތު ކޮމިޓީއަށް އެޖެންޑާކޮށްފައި ނުވަނީ ކުރީގެ ނައިބް ރައީސް، އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު އޭނާއަށް އެގޮތަށް އަންގައިގެންނެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ނިހާން އަދާކުރަން ޖެހޭ ޒިންމާތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ޑޮލަރު (ހަ ލައްކަ ފަންސާސް) ދީފައިވާ ކަމަށެވެ.

އަދީބު ނިހާނަށް ދެމުން ދިޔަ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ، ނުވަތަ ޝައްކު ކުރެވޭ ހާލުގައި ވެސް އޭނާގެ އަތުން 150،000 ޑޮލަރު (އެއްލަކަ ފަންސާސް ހާސް) ގެ ޗެކަކާއި އޭނާ ހަވާލުވީކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

މީގެ އިތުުރުން 2014 ގައި ނިހާން ވިލިމާލެ ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގައި ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އައްޔަނު ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާކަމަށް ނިހާންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: