ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ އަމިއްލަ ފައިސާގެ 60 އިންސައްތަ ހޭދަކުރަނީ އެހީއަށް ޖެހިފައިވާ ރައްޔިތުންނަށް: ނިހާން

ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު. ފޮޓޯ: އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ އަމިއްލަ ފައިސާގެ 60 އިންސައްތަ ހޭދަކުރަނީ އެހީއަށް ޖެހިފައިވާ ރައްޔިތުންނަށްކަމަށް ޤާސިމްގެ އެޑްވައިޒަރު, ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ޖޭޕީ އަކީ މި ރިޔާސީ އިންތިހާބަށް އެންމެ ތަރުތީބުކޮށް ކެމްޕެއިން ފެށި ޕާޓީކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި ސިޔާސީ ޕާޓީއަށް ޖޭޕީ ވާނެކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނަމަވެސް މިކަމަށް އޮތް ގޮންޖެހުމުން ސަލާމަތްވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ފާހަގަކުރައްވާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ 2008 ގައި އަމަލުކުރައްވަން ފެއްޓެވި ގާނޫނު އަސާސީ ދިވެހިންނަށް ގެނެސްދިނުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙީމް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. މި ގާނޫނު އަސާސީއަށް އެތަކެއް އަހަރުތަކެއްވީއިރު، ގާނޫނު އަސާސިއިން ލިބިދޭންޖެހޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭކަމަށް ނިހާން ވިދާޅުވިއެވެ. މި ހައްގުތައް ކަށަވަރުކޮށްދެއްވަންޖެހޭ މުއައްސަސާތަކަށް އޮތް ނުފޫޒުންވެސް ގާނޫނު އަސާސީއަށް އެތައް އަހަރުތަކެއްވީއިރުވެސް ސަލާމަތްނުވެވޭކަމަށް ނިހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ އަހަރުގައި އެކަންޏެއް ނޫން އިނގޭތޯ. އަޅުގަނޑުމެން މިކިޔާ މަލްޓި ޕާޓީ ޑިމޮކްރަސީ ފެށުނީ 2005 ވަނަ އަހަރު. އަދި އޭގެ ފުރަތަމަ އިންތިހާބު އޮތީ 2008 ވަނަ އަހަރުގައި. އޭގެ މާކުރިން 1978، 1977 އަދި އޭގެ މާކުރިން ފެށިގެން އަމިއްލަފުޅު މަސައްކަތުން އަމިއްލަ އެއްޗެއް ޖީބަށް ލިބިވަޑައިގަނެގެންވިއިރު އޭގެން 60 އިންސައްތަހާ މިންވަރު އާންމު މިކަހަލަ މީސް މީހުންގެ އެހީތެރިކަމަށްދެއްވި ބޭފުޅެއް މަނިކުފާނަކީ (ގާސިމްއަކީ).

ނިހާން ވިދާޅުވިއެވެ.

ނިހާން ފާހަގަކުރެއްވީ ބޭސް ފަރުވާއަށާއި، އަދި އެހެނިހެން އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި އަދިވެސް އެތައް ގޮންޖެހުންތަކެއް އެބައޮތްކަމެވެ. ގާސިމްއަކީ ސަރުކާރަށް ނުކޮށްދެވުނު އެތައް ކަންކަމެއް ރައްޔިތުންނަށް ކޮށްދެއްވި ވަކި ފަރުދަކުކަމަށް ނިހާން ވިދާޅުވިއެވެ. ގާސިމް ގެންދެވީ އަމިއްލަ އާމްދަނީއަށް ލިބޭ ފައިސާގެ 60 އިންސައްތަ އެހީއަށް ބޭނުންވެފައިވާ ރައްޔިތުންނަށް ހޭދަކުރަމުންކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ސިޔާސީ ޕާޓިއެއްގެ ހައިސިއްޔަތުން މިނިވަން މުސްތަގިއްލު މުއައްސަސާތަކުން އެމީހުން ރޯލު އަދާކުރޭތޯ ބަލަންޖެހޭކަމަށެވެ. ގާނޫނުގެ ދަށުން އުފެދިފައި އޮތް އެތައް މުއައްސަސާއެއްގައި އޮތީ މަރުތަޅު އެޅިފައިކަމަށާއި، ގާނޫނީ ވާޖިބު އަދާކުރެވޭނެފަދަ ނެތް އެތައް މުއައްސަސާއެއް އެބައޮތްކަމަށް ނިހާން ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ނުފޫޒުގެ ސަބަބުންކަމަށް ނިހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އެކި ޕާރޓީތަކާ ފަނޑިޔާރުގެއާ އެހެނިހެން މުއައްސަސާ ތަކުން ބާކީވެގެން އެހީއަށް އެދި ސޭޓް ކައިރިއަށް ގޮސްއުޅޭ ތިކަހަލަ މީހުންނަށް އެހީވުމަށް ދޯ؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: