ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކައިގެން ރަށް ރަށް ތަރައްގީކުރެވޭނެކަންވެސް ދިވެހިންނަށް އެނގުނީ ގާސިމްގެ ފަރާތުން: ނިހާން

ގާސިމްގެ ކެމްޕެއިން ޖަލްސާގައި ނިހާން ވާހަކަދައްކަވަނީ. ފޮޓޯ: އިސްމީ ފަޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިން ހިއްކައިގެން ރަށް ރަށް ތަރައްގީކުރެވޭނެކަންވެސް ދިވެހިންނަށް އެނގުނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ފަރާތުންކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި ގާސިމް އެޑުވައިޒަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނ ކެނދިކުޅުދޫގައި ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ގާސިމްއަކީ އެކި ދާއިރާތަކުން ރައްޔިތުންނަށް އެތައް އެހީއެއް ވެދެއްވާފައިވާ ބޭފުޅެއްކަމަށެވެ. ގާސިމްއަކީ ނަފާ ހޯދޭނެ ގޮތް އެނގޭ ބޭފުޅެއްކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ އިތުރުން، އެހެން ފަރާތަކުން އެންމެ ފުރަތަމަ ތެޔޮ ވިއްކީ ގާސިމްކަމަށް ނިހާން ވިދާޅުވިއެވެ.

ގާސިމްއަށް ވެރިކަން ދީފިނަމަ ވެރިކަން ކުރައްވާނީ ދައުލަތުގެ ލޯ ލާރިއެއްގައި ނުޖެހިކަމަށް ނިހާން ވިދާޅުވިއެވެ. ގާސިމްގެ އަތުގައި ޑިގްރީއެއް ނެތްކަމަށް ބުނެ ބައެއް ފަރާތްތަކަށް ފާޑުކިޔާތީ، ރައްދުދެއްވާ ނިހާން ވިދާޅުވީ ސެޓިފިކެޓެއް ނެތް ނަމަވެސް ގާސިމްއަކީ ސިނކުޑީގެ ގާބިލުކަމާއި، ރަހުމުހުރި ބޭފުޅެއްކަމަށެވެ. އަދި ގާސިމްއަށް “ޑޮކްޓަރ ގާސިމް” ކިޔުމުގެ ރަސްމީ ހައިސިއްޔަތު އެމަނިކުފާނުގެ އެބައޮތްކަމަށް ފާހަގަކޮށް ނިހާން ވިދާޅުވީ ގާސިމްއަކީ އެހާ ތަޖުރިބާހުރި ބޭފުޅެއްކަމަށެވެ.

އެގޮތުން ގާސިމް މީގެ ކުރިން އަދާކުރައްވާފައިވާ މަގާމުތައް ނިހާން ފާހަގަކުރެއްވިއެވެ. ނިހާން ވިދާޅުވީ ގާސިމްވަރުގެ ގާބިލް ފިނޭންްސް މިނިސްޓަރަކު ނުހުންނާނެކަމަށެވެ. ގާސިމް ވެރިކަމަށް ގެނައިއްސިނަމަ އެ ހޯދެނީ ދައުލަތުގެ ބައިތުލްމާލަށް ފާރަވެރިވާނެ ފާރަވެރިއެއްކަމަށް ފާހަގަކޮށް ނިހާން ވިދާޅުވީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިނުވާ ފިނޭންސް މިނިސްޓަރެއް ގާސިމް ނޫނީ ނެތްކަމަށެވެ.

މީގެ އިތުރުން ނިހާން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގާސިމް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ރިސޯޓުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދެއްވީ ގާސިމްކަމަށް ފާހަގަކޮށް ނިޙާން ވިދާޅުވީ، ރާއްޖޭގައި ވޯޓަރ ވިލާ އެޅޭނެކަމާއި، ބިން ހިއްކައިގެން ރަށް ރަށް ތަރައްގީކުރެވޭނެކަންވެސް ދިވެހިންނަށް އިނގުނީ ގާސިމްގެ ފަރާތުންކަމަށް ނިހާން ވިދާޅުވިއެވެ.

އަޅުގަނޑުމެންވެސް ކުޑައިރު އަޑު އަހަމުންދިޔައީ ނިމެންދެން، އެ ލޯނު ދައްކާ ނިމެންދެން އަޅުގަނޑުމެންވެސް އަޑުއަހަމުން ދިޔައީ ދާދި ފަހަކާ ހަމައަށްވެސް ވޯލްޑް ބޭންކްއިން މައުމޫނު ބޮޑު މާ ސިންގާ ލޯނެއް މުޅި އަތަށް އަޅާފަ، ގާސިމްއަށް ދެއްވައިގެން އަރިމަތިން އުތުރިގެން ދިޔަ ބަޔޭ މިދެނީ.

ނިހާން ވިދާޅުވިއެވެ.

ސަރުކާރުން ގާސިމްގެ ވިޔަފާރިއަށް އެހީތެރިވީކަމަށް ނުވަތަ، އޮޅުވާލައިގެން ފައިސާ ދިންކަމަށް ބުނި ނަމަވެސް އެއީ ހަގީގަތް ނޫންކަމަށާއި، ގާސިމް ފަންޑު ހޯއްދެވީ އަމިއްލަ މަސައްކަތުންކަމަށް ނިހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: