ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާން ގާސިމް ސިފަކުރެއްވީ ރައްޔިތުންގެ ހިތުގެ ވިންދު އެނގިވަޑައިގަންނަވާނެ ޑޮކްޓަރެއްގެ ގޮތުގައި!

ގާސިމްގެ ކެމްޕެއިން ޖަލްސާގައި ނިހާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއަކީ ރައްޔިތުންގެ ހިތުގެ ވިންދު އެނގިވަޑައިގަންނަވާނެ ޑޮކްޓަރެއްގެ ގޮތުގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކު ސިފަކުރައްވައިފިއެވެ.

ގާސިމް ކެމްޕެއިންގައި އަތޮޅު ތެރެއަށް ދަތުރު ފަށާފައިވާއިރު، އަރިހުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކައިގައި، ގާސިމްއަކީ ރައްޔިތުންނާއި ގާތް އަދި ރައްޔިތުންނަށް އެތަކެއް އެހީތަކެއް ވެދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައެވެ. ތައުލީމީ ނިޒާމާއި، ސިއްހީ ނިޒާމުގެ ތެރެއިންވެސް ގާސިމް އެތަކެއް ރައްޔިތުންނަށް އަމިއްލަ ޖީބުން ހިލޭ އެހީ ވެދެއްވާފައިވާކަމަށް ވިދާޅުވެވެސް ވާހަކަދައްކަވަައެވެ.

އެގޮތުން ރޭ ހދ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިހާން ވަނީ ގާސިމްއަކީ ގައުމީ ކެނޑިޑޭޓުކަމަށް ޖޭޕީއިން ބުނަމުންދާތީ އެކަމަށް އަމާޒުވާ ފާޑު ކިޔުންތަކަށް ރައްދުދެއްވާފައެވެ. ގާސިމްއަށް އެ ނަން ދެވުނު ސަބަބުކަމަށް ނިހާން ވިދާޅުވީ އެ ޕާޓީގެ ކުލަތަކަކީ ގައުމީ ދިދައިގެ ކުލަތަކަށްވުމެވެ. 2008 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައިރުގައި ޖޭޕީއަކީ ގައުމު އިސްލާހުގެ މަގަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާ ޕާޓީއެއްކަމަށް ނިހާން ވިދާޅުވިއެވެ. އެގޮތުން ފެހި ގާނޫނު އަސާސީ އެކުލަވާލުމަށް އޭރު ގާސިމް ކުރެއްވި މަސައްކަތުގެ ފޮނި ނަތީޖާ މިހާރު ލިބެމުންދާކަމަށް ވިދާޅުވިއެވެ.

ތިން ބާރު ވަކިވެފައިވާ ގައުމެއް މި ގައުމަކީ. ނަމަވެސް ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުވާ ވަރަށް ގިނަ ކަންތައްތަކެއް ނުލިބުމުގެ ސަބަބުން ރައްޔިތުން ހަވާސާވެގެންދޭ. ރައްޔިތުން އެދޭ ކަމެއްގައި ގާސިމް ބޮލާލާ ނުޖައްސަވާނެ.

ނިހާން ވިދާޅުވިއެވެ.

ގާނޫނު އަސާސީއިން ލިބިދޭންޖެހޭ އަސާސީ ހައްގުތައް ކަށަވަރުނުވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ހުރިއިރު، ގާސިމްއަކީ އެކަންކަން ބޮލާލާ ނުޖައްސަވާނެ ބޭފުޅެއްކަމަށް ނިހާން ވިދާޅުވިއެވެ. ގާސިމްގެ ތާއީދާއިއެކު ގެނައި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ގައުމުގެ މިސްރާބު ގެއްލިގެން ދިޔަ ދަނޑިވަޅުގައި ގައުމު ހަމަ މަގަށް އެޅުވީ ގާސިމްއާއި މިހާރު ގުޅިވަޑާއިގެންފައިވާ، ކުރީގެ ރައީސް ޑރ ވަހީދުކަމަށް ނިހާން ވިދާޅުވިއެވެ. އަދި ޑރ ވަހީދު ވަނީ ގައުމު ސިޔާސަތާއި، އިސްތިގުލާލު ދަމަހައްޓަވާފައިކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެން ކެނޑިޑޭޓުން ވެރިކަމަށް ގެނައުމަށް ގާސިމް މަސައްކަތް ކުރެއްވި ނަމަވެސް، ވެރިކަމަށް އާދެވުމުން އެ ކެނޑިޑޭޓުން ގާސިމްގެ މުދަލާއި، ވިޔަފާރިއަށް ގެއްލުންދީ، ގާސިމްގެ ޖާނަށްވެސް ގެއްލުންދޭކަމަށް ނިހާން ވިދާޅުވިއެވެ.

ގާސިމްއަކީ ރައްޔިތުން ހާލު ދަންނަ ބޭފުޅެއްކަމަށް ފާހަގަކޮށް، ނިހާން ގާސިމް ސިފަކުރެއްވީ ރައްޔިތުންގެ ހިތުގެ ވިންދު ވަރަށް ސާފުކޮށް އެނގިލައްވާ ޑޮކްޓަރެއްގެ ގޮތުގައެވެ. އަދި ގާސިމްއަކީ ރާއްޖޭގެ ކޮންމެ ގިިއްތިއަކާއިވެސް ގާތް ބޭފުޅެއްކަމަށް ނިހާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: