ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ކުރިޔަށް ނުގެންދެވޭނެ ކަމަށް!

މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުالله
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތް ކަމުގައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވާނެ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވަނީ ކީއްވެގެންތޯ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ އިދިކޮޅުން ރާވަމުން އަންނަ ބޮޑު އެއްވުމަކީ ގާނޫނާ ހިލާފަށް ހިންގާ ހަރަކާތެއްކަން އެ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އިމްރާންގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީ އިން މިމިހުގެ 25 ވާ ހުކުރު ދުވަހު ބޭއްވުމަށް ރާވަމުން އަންނަ އިންޑިއާ އައުޓްގެ ހާއްސަ ހަރާކަތާއި ގުޅިގެން ސީދާ ގޮތުން ނާއި ނުސީދާ ގޮތުން އެއްވެސް ފަރާތަކުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި އިމްރާން ހައްދަވަނީ ދޮގު ކަމުގައެވެ. ހީނާ އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުކުރު ދުވަހު ކުރިއަށް ދާނެ ކަމާއި އެ ހަރަކާތަށް މަގުތަކުގައި ބެނާ ދެމުމަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި ހީނާ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އެފަދަ މަގާމެއްގައި ހުންނަވައި އިތުރުފުޅު ހެއްދެވުމަކީ އެބޭފުޅުން ކަންބޮޑުވާ ކަމެއް ކަމުގައެވެ. އަދި އިމްރާނަށް ފިޔަވަޅު އެޅުމަށް ހީނާ ގޮވާލެއްވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ފަރާތްތަކުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ ހަރަކާތެކެވެ.

މި ސަރުކާރުގެ ފަރާތުން އެ ހަރަކާތް ހުއްޓުވުމަށް ތަފާތު އެކި މަސައްކަތް ކުރަމުން އަންނައިރު، އިންޑިއާ އައުޓް ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ޕީޕީއެމްގެ މެމްބަރުންނަށް އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރި ނުވުމަށް ގޮވާލެއްވީ ނިމިދިޔަ ހަފްތާ ތެރޭގައެވެ.

އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ ވާހަކަ ޕީޕީއެމްގެ މެމްބަރުން ގަބޫލު ނުކުރާނެ ކަން އެނގި ހުރެ އެހެން ވިދާޅުވުމަކީ ހަނދާން ބަލިކަމުން ކުރެވޭ ކަމެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: