ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބަޔާނާއި އެކު އަލްހާނާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ނައިބް ރައީސްކަން ވެސް ކުރެއްވި އަލްހާން ފަހުމީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ނަގައިގެން، ސްކޭމެއް ހިންގާކަމަށް ބުނެ މާލީ އިދާރާއިން ބަޔާނެއް އާއްމުކޮށް، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައި ވަނިކޮށް  ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި، ފުލުހުން އާއްމު ކުރި ބަޔާނެއްގައި ވަނީ އްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭފަދަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާކަމަށް ބުންޏެވެ.

ސިޔާސީ ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާފައިވާ އަލްހާނަށް މި ތުހުމަތުތައް ކުރެވިފައިވާ ދަނޑިވަޅުގައި ފުލުހުންގެ ބަޔާނުގައި ވެސް އެ ސްކޭމް ހިންގާ ކުންފުންޏެއްގެ ނަން ހިމަނާފައި ނެތެވެ. އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުން އެފަދަ އެއްވެސް ނަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުން އާއްމު ކުރި ބަޔާނަކާއި އެކު މެސެޖުތައް މެދުވެރިކޮށް ލިބެމުންދާ މަރުގެ އިންޒާރުގެ މައްސަލަތައް އަލްހާން ވަނީ ފުލުހަށް ހުށަހަޅުއްވާފަ އެވެ. އާއިލާއަށް ގެއްލުންތަކެއް ދީ މަރާލާނެކަމަށް ބުނެ އިންޒާރުތައް ދީފައިވާ ސްކްރީން ޝޮޓުތައް ވެސް އަލާހާން ޓްވީޓު ކުރެއްވި އެވެ.

ފުލުހުންގެ ވެބްސައިޓުގެ ލިންކަކާއި އެކު ފޮނުވާފައިވާ އެ މެސެޖުގައި ބުނަނީ، އެ މީހުން ދެ މިލިއަން ރުފިޔާ ދިންކަމަށާއި އެ ނުލިބޭނަމަ މަރާލާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުތޯ އާއި ލިސްޓުގައި ނަމެއް ނެތްކަމަށް ބުނެ ސުވާލު ކުރުމުން ވެސް އިންޒާރުތައް ދީ އާއިލާއަށް ގެއްލުންދޭނެކަމަށް އެ އެކައުންޓުން ބުނެ އެވެ.

ޓެލެގްރާމުން ފޮނުވާފައިވާ މި މެސެޖުތަކަކީ ކާކުކަން ނޭނގޭ ގޮތަށް ފޮނުވާފައިވާ މެސެޖުތަކެކެވެ.

 

އަލްހާން ވިދާޅުވީ މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: