ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ދުވަސްތަކު ޕާޓީ ނުހިންގުނު ބަޔަކަށް ދެން ވެސް ނުވާނެ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ 16 އަހަރުގެ ދިގު ތާރީހެއް އޮތްއިރު، ޕާޓީގެ ހިންގުމާއި އޭރު ވެސް ހަވާލުވެ ތިބި ބަޔަކަށް އެކަން ނުކުރެވި ފަނޑުވެފައި ވަނިކޮށް ދެން އަލުން ކުރެވޭނެ މަސައްކަތެއް ނޯންނާނެކަމަށް ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކެނދިކުޅުދޫގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ޕާޓީގެ ޖަގަހަތައް ރަނގަޅަށް ނުހިނގާކަން އެންމެ ރަނގަޅަށ އެނގޭނީ އާއްމު މެމްބަރުންނަށް ކަމަށެވެ. އަދި ކެމްޕެއިނަށް ދަތުރު ކުރި 60 އަށް ވުރެ ގިނަ ރަށުގައި ޕާޓީގެ އެއްވެސް ހަރުގެއް ހިނގަން ޖެހޭ ގޮތުގައި ނުހިނގާކަން ފާހަގަ ކުރެވުނުކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އާއްމު މެމްބަރުންނާއި ޕާޓީ ދެމެދު އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، އެކަން އޭނާއަށް ފުރުސަތު ދެއްވައިފި ނަމަ ބަދަލު ކުރާނެ ކަމަށެވެ.

”އަޅުގަނޑު މި ދަތުރުގައި 60 ވުރެ ގިނަ ރަށްރަށަށް އެރިން.. އެންމެ ރަށެއްގައި ވެސް ޕާޓީގެ ޖަގަހައެއް ނުހިނގާ… އަޅުގަނޑު ތިބޭފުޅުންނަށް މި ހުށައަޅަނީ އަޅުގަނޑު އެކަން ބަދަލު ކުރާނަމޭ. އަޅުގަނޑަށް އެ ފުރުސަތު ދެއްވާށޭ.. އަޅުގަނޑާ ވާދަކުރައްވާ ބޭފުޅާ އާއި އެ ބޭފުޅާގެ ޓީމަކީ މިދިޔަ 16 އަހަރު ވަދެން އެކަން ހަވާލުކުރެވިފަައި ތިބި ބޭފުޅުން..“ ފައްޔާޒް

އިންތިއާއި، އެނާގެ ޓީމަށް އަމާޒުކޮށް ފައްޔާޒް ވިދާޅުވީ މިދިޔަ 16 އަހަރުގެ ތެރޭގައި ޕާޓީގެ ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވީ އެބޭފުޅުންކަމަށާއި، ހިންގުމުގެ މަސްއޫލިއްތު އޮވެމެ ފެނުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އޭރު ނުވިކަމަށް މިއަދު ކުރާނެ ގޮތަކާއި މެދު ސުވާލު އުފެއްދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ހަގީގަތުގައި ވެސް މަސައްކަތް ކުރަނީ އެމްޑީޕީ ހިންގާލަންކަމަށާއި، ޕާޓިއަށް ތިން އަހަރުގެ ތެރޭގައި ހިނގާފައި ނުވަނީ ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް ބޭފުޅުން ވަޑައިގަތުމުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަންނަ އަހަރު ރިޔާސީ އިންތިހާބު އޮތުމާއި އެކު، ޕާޓީ ރަނގަޅަށް ހިންގާނުލާމަ ލިބޭނެ ކާމިޔާބެއް ނެތްކަމަށް ފައްޔާޒްގެ ވާހަކައިގައި ވިދާޅުވި އެވެ.

މޭއި މަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒާއި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ޕާޓިގެ އެތެރޭގައި އިންތިހާބުގެ ވާދަވެރިކަން ވަރަށް ބޮޑަށް އުފެދި، ދެ ބަސްވުންތައް ވަނީ އުފެދިފަ އެވެ.

ފައްޔާޒްގެ ޓީމުން ވިދާޅުވަނީ ޕާޓީގެ ޖަގަހަތައް ހުއްޓި ޕާޓީ ނުހިނގާކަމަށެވެ. އަދި އިންތިގެ ޓީމުން ވިދާޅުވާ ގޮތުގައި މި އިންތިހާބުން ބަޔަކު ދަނީ ޕާޓީން ރައީސް މުހައްމަދު ނަޝީދު ބޭރު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: