ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ގަޑި ޖެހިގެން އަންނަ މެމްބަރުންނަށް ޕާޓީ ނުހިންގޭނެ: ޝިޔާން

ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޝިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ގަޑި ޖެހިގެން އަންނަ މެންބަރުންނަށް ޕާޓީ ހިންގާލެވޭނެތޯ. ވިދާޅުވެ ތޮއްޑޫ ދާއިރާގެ މެންބަރުން ހަސަން ޝިޔާން ސުވާލު އުފައްދަވައިފިއެވެ.

މޭއި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ޕާޓީގެ އެތެރޭގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއް މެމްބަރު އަނެއް މެމްބަރަށް ކުރާ ތުހުމަތުތަކާއި އަމާޒު ކުރާ ފާޑުކިއުންތަކެވެ. އެގޮތުން ޗެއާޕާސަނަކަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު (އިންތި) ގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދި “އަސްލު އެމްޑީޕީ” އަދި “ސަރުކާރު ކެނޑިޑޭޓު” ގެ ގޮތުގައި ވެސް ޕްރޮމޯޓު ކުރަމުން ދާކަން ފާހަގަ ކުރެވެ އެވެ.

ޗެއާޕާސަންގެ އިންތިހާބާއި އެކު ދެން އެންމެ ފޯރިއާއި އެކު ކުރިޔަށް ދަނީ އަންހެނުންގެ ރޫހުގެ ރައީސްގެ ކްމެޕެއިނެވެ. މި މަގާމަށް ވާދަ ކުރައްވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި ސަފާތު އަހުމަދެވެ.

ޕާޓީގެ އެތެރޭގެ މައްސަލަތަކާއި ގުޅޭގޮތުން ޝިޔާން ވިދާޅުވީ، އެމްޑީޕީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ސަރުކާރުން ބާއްވަން ޖެހޭ ގުޅުން މެމްބަރުންނާއި އެކު ނުބޭއްވުން ކަމަށެވެ. ކުރަން ޖެހޭ ހަރަދުތައް ނުކުރުމުގެ ސަބަބުން ރަށްތަކުގެ ހަރުގެތައް ނުހިނގާކަމަށް ބުނެ ފައްޔާޒްގެ ޓީމުން ދައްކަވާ ވާހަކައިގެ ރައްދަށް ޝިޔާން ވިދާޅުވީ ޕާޓީ މިވީ 16 އަހަރުގެ ތެރޭގައި އެކަތިގަނޑެއްގެ ގޮތުގައި އޮތީ މެމްބަރުން އެމްޑީޕީ ދެކެ ވާ ލޮތްބެއްގެ ބޮޑުކަމުން ކަމަށެވެ. ފައިސާ ދީގެން ޖަގަހަތައް ހިނގަން ޖެހޭ ވާހަކަތައް ދައްކާއިރު އޭނާ މިސާލު ދެއްކެވީ ބޮޑު ދެ ވިޔަފާރިވެރިންގެ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އެވެ. ޝިޔާން ވިދާޅުވީ ފައިސާ ހަރަދުކޮށްގެން ޕާޓީއެއް ހިނގާނަމަ ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަކަށް ވާނީ ޖޭޕީ އާއި އެމްޑީއޭ ކަމަށެވެ.

އެމްޑީޕީގެ ކޮންމެ މެމްބަރަކީ ވެސް ހިތާއި ރުހުމުން އަމިއްލަ ޖީބުން ހަރަދުކޮށް ޕާޓީގެ މަސައްކަތްތަކުގައި އުޅޭ މީހެއްކަން ޝިޔާން ފާހަގަ ކުރެއްވި އެވެ.

ޕާޓީގެ ހާލަތު ގޯސްވެފައިވާކަމާއި، އެހެން ކަަމުން ހިންގާލަން ޖެހޭކަމަށް ބުނެ ކުރާ ކެމްޕެއިނަށް ފާޑުވިދާޅުވެ ޝިޔާން ވަނީ މަޖިލީހުގައި ރަނގަޅު މަސައްކަތެއް ނުކުރެވޭ ބަޔަކު އެކަން ކުރާނެ ގޮތާއި މެދު ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ ރޮޒެއިނާ މެން ފަދަ ބޭފުޅުންނަކީ މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިމޭ ފަހުން 11:00 ގައި ވަޑައިގެން ކޮމިޓީތަކަށް ދާ ބޭފުޅުން ކަމަށެވެ. އެހެން ކަމުން މަޖިލީހަށް ގަޑިޖެހިގެން އައިސް ދެން ޕާޓީގެ މަސައްކަތެއް ނުކުރެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ގަނޑިއަށް ފަރުވަތެރި ނޫން ބޭފުޅުންތަކެއް ޕާޓީ ހިންގާލައްވާނީ ކިހިނެއްތޯ ޝިޔާން ވަނީ ސުވާލު އުފައްދަވާފައެވެ. ޝިޔާން ވިދާޅުވީ ރޮޒެއިނާ މަޖިލީހުގައި އާއި ގައުމީ މަޖިލީހުގައި އަދި ސޯޝަލް މީޑިއާގައި އުޅުއްވާ ގޮތުން ވެސް ރައީސް ނަޝީދާއި މެދު އޭނާ ގެންގުޅޭ ވިސްނުން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.

މިގޮތަށް އޭނާ ޕާޓީ ހިންގަވާލެއްވޭނެތޯ ސުވާލު އުފައްދާފައިވަނީ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒްގެ ކެމްޕެއިންގައި އެންމެ ބޮޑަށް ބޭނުން ކުރައްވާ ވާހަކައަކީ ޕާޓީ ނުހިގާ ކަމުގައި ބުނެ ޕާޓީ ރަނގަޅަށް ހިންގަވާލެއްވުމުގެ ވާހަކަތަކެވެ.

މި ދަނޑިވަޅުގައި ޕާޓީގެ ތެރެ ވަނީ މަސްލަހަތު ގޯސްވެ ހަމަ ޖެހުން ގެއްލިފައެވެ. އަދި ޕާޓީގެ މެންބަރުން އެއް މެންބަރަކަށް އިދިކޮޅަށް ގޮވާ ހިސާބަށް ވަނީ ގޮސްފައެވެ.

މީގެ އިތުރުން ޝިޔާން ސުވާލު އުފެއްދެވީ ފައްޔާޒް މިނިސްޓްރީގެ ކަންކަން ބަލަހައްޓަވަމުން ޕާޓީގެ ކަންކަން ހިންގާނީ ކިހިނަކުންކަމާއި މެދުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓްރީގެ މަސަކަތްތަށް ގިނަ ވާނެ ކަމުގައި ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މި ދެ ކަންތައް މިނިސްޓާ ފައްޔާޒަށް ނުކުރެވޭނެ ކަމުގައެވެ.

ސަރުކާރު ހިންގަނީ އެމްޑީޕީއިން ކަމުގައި ވީނަމަވެސް ސަރުކާރާއި ޕާޓީއަކީ ދެ އެއްޗެއްގެ ގޮތުގައި ދޭހަވާ ފަދަ މޭރުމަކުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އޭނާ ފާހަގަ ކުރެއްވީ މި މަގާމަށް ދެން ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށް މަޖިލީސް ހިންގަވަމުންވެސް ޕާޓީގެ ޒިންމާތައް ނެންގެވޭނެ ކަމުގައެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޕާޓީ ހިގަން ވާނީ ސަރުކާރު ބޭނުންވާ ގޮތަށް ނޫން ކަމުގައެވެ. މިގޮތަށް ދެއްނެވުމުގެ ބޭނުމަކީ ސަރުކާރުގެ ބަންޑާރަ މަގާމެއްގައި ހުރި ބޭފުޅަކު ޕާޓީގެ މަގާމަކަށް ހޮއްވެވުމުން ސަރުކާރުގެ ނުފޫޒް ޕާޓިގެ ތެރެއަށް ވަންނާނެ ކަމުގައި ޕާޓީގެ މެންބަރުންނަށް ދޭހަ ކޮށްދިނުމަށް ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: