ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުން ނުކުރާތާ ގިނަ ދުވަސްވީ އެމްއައިބީ އެކައުންޓްތައް އުވާލަނީ

މޯލްޑިވްސް އިސްލަމިކް ބޭންކް. ފޮޓޯ: އެމްބީއާރްޑޮޓްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޯމަންޑް އެކައުންޓްތައް ނުވަތަ މުޢާމަލާތް ނުކުރާތާ 5 އަހަރުވީ އެކައުންޓްތައް ވެރިފަރާތަށް އެއްގުމަށް ފަހު އުވާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު އިން ވަނީ މިގޮތަށް ބޭނުން ނުކުރާތާ 5 އަހަރުވީ 2918 އެކައުންޓެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

އެމްއައިބީން ބުނީ ޑޯމަންޑް އެކައުންޓްތައް ނުވަތަ މުޢާމަލާތް ނުކުރާ އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގާފައިވާނެކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުންނަމަ ވީ އެންމެ އަވަހަށް އެބޭންކަށް ހުށައެޅަން ވާނެ ކަމަށެވެ.

މީގެ އިތުރުން އެމްއައިބީ އިން ވަނީ އެކައުންޓްތައް ޑޯމަންޓް ކުރާކަން ވެރިފަރާތްތަކަށް އެންގުމަށްފަހު 60 ދުވަސް ހަމަވުމުން އެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށްފަހު އެކައުންޓް ބަންދުކުރާނެ ކަމަށް ބުނެފައެވެ.

ރާއްޖޭގެ ބޭންކިންއާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގައި ވާގޮތުންނަމަ ވިދި ވިދިގެން 5 އަހަރު ދުވަހު އެކައުންޓުގެ ވެރިފަރާތުން އެ އެކައުންޓުގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައިނުވާނަމަ، ޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާޢަތުތައް ފުރިހަމަކުރުމަށްފަހު އެ އެކައުންޓް އުވާލެވިދާނެއެވެ.

އެކައުންޓު އުވާލުމަށްފަހު އެކްޓިވޭޓް ކުރުމަށް ބޭނުންވާ ފަރާތްތަކުން ބޭންކުގެ “ކަސްޓަމަ ފޯމް” ފުރުއްވުމަށްފަހު އެކްޓީވޭޓު ކުރުމަށް ހުށައެޅުވުމުން އެކްޓިވޭޓް ކޮށްދެއްވާނެ ކަމުގައި އެމްބޯއައި އިން ބުނެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: