ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދޫ އަދި މަރަދޫ ބަދަރު ހުޅުވައި ދެއްވުމަށް ރައީސް އައްޑޫ ސިޓީއަށް

ރައީސް އިބްރާހިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެއް ކަމަށްވާ ރަށް ރަށުގެ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަސައްކަތް ނިމިފައިވާ މީދޫ އަދި މަރަދޫގެ ބަދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްޓަކައި ރައީސް ސާލިހް މާރޗް 25 ވަނަ ދުވަހު އައްޑޫ ސިޓީއަށް ދަތުރު ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ.

އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުން 5.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ކުރިއަށް އޮތް ފަސް އަހަރަށް ދެމިގެންދާ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު މި މަޝްރޫއުގެ ތެރޭގައި ހިމަނާފައިވާ ބިން އިތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުންވެސް މި ދަތުރުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން މާލެ ފިޔަވައި ދެން އެންމެ ބޮޑަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތީ އައްޑޫގައި ކަމުގައިވާތީ މި ސަރުކާރުން އެކަން ކުރައްވާނެ ކަމުގައި ބުނެ ރައީސް ވަނީ 17 ކިލޯ މީޓަރުގެ މަގު ތަރައްގީ ކުރުމަށްވެސް އައްޑޫ ތަރައްގީ ކުރެއްވުމުގެ މި މަޝްރޫއުގެ ތެރޭގައި ހިމަނައްވަފައެވެ. އެގޮތުން މި ދަތުރުގައި އެކަމުގެ އަަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށްވެސް ވަނީ ހަމަ ޖެހިފައެވެ.

މިކަންކަމުގެ އިތުރުން މި ދަތުރުގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓް ހުޅުވުމަށްވެސް ވަނީ ހަމަ ޖެހިފައެވެ. މި ކޮލެޖް ހުޅުވިގެން ދިއުމާއެކު ފުލުހުންގެ ތަމްރީނުތަކުގެ ފެންވަރު ބޮޑުތަނުން ރަނގަޅުވެ، ޓްރެއިނިންތަކަށް މީގެ ކުރިން ކުރަމުން އައި ހަރަދުތަކަށް ލުޔެއް ލިބިގެންދާނެ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫގެ މަސްޖިދް އިބްރާހިމް ވެސް ރައީސްގެ މިދަތުރުފުޅުގެ ތެރޭގައި ހުޅުވައިދެއްވާނެ ކަމުގައި ވަނީ ހާމަކޮށްފައެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރުވެސް ހުޅުވުމަށް ހަމަ ޖެހިފައިވަނީ މި ދަތުރުގެ ތެރޭގައިކަން ފާހަގަ ކޮށްލެވެއެވެ.

ރައީސް ދަތުރުފުޅު ނިންމާލެއްވުމަށްފަހު އެބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާރޗް 28 ވަނަ ދުވަހުގައެެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: