ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޕާޓީއިން ބޭރުކުރާކަށް ނޫޅެން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދު ޕާޓީއިން ބޭރުކުރަން ނޫޅޭ ކަމަށާއި މަސައްކަތް ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކަމުގައި އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވިދާޅުވީ  އެމްޑީޕީއިން ރައީސް ނަޝީދު ބޭރުކުރުމަށް އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާކަމަށް ވާދަވެރިން ބުނަމުންދާކަމަށާއި ނަމަވެސް އެކަހަލަ އެއްވެސް ވިސްނުމެއް އެމަނިކުފާނުގެ ނެތް ކަމަށާއި މަސައްކަތް ކުރައްވާނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކަމަށާއި އެއީ އެންމެ މުހިއްމު ކަންތައް ކަމުގައެވެ.

“އެއްގޮތަކަށް ވެސް ޕާޓީއިން މީހަކު ބޭރުކުރާކަށް ނޫން. ސާފުކޮށް ދަންނަވާނަން. ވާދަވެރިފަރާތުން ބުނަނީ ރައީސް ނަޝީދު މިޕާޓީން ބޭރުކުރަން އަޅުގަނޑާއި ރައީސް ސޯލިހު މަސައްކަތް ކުރެއޭ. އެކަމަކު އެކަހަލަ އެއްވެސް އިންޓެންޝަން އެއް ނެތް! މިޕާޓީން 2023 އަށް ނިކުންނަ ކެންޑިޑޭޓެއް ފަހަތުގައި ރަނގަޅަށް ފައްކާވެފައޮތް ޕާޓީގެ ހިންގުންތެރި ނިޒާމެއް ބާއްވަން ކުރަންޖެހޭ މަސައްކަތެއް ކުރަނީ. އެއީ 2023 ހޯދުމަށް. އެއީ އެންމެ މުހިއްމު ކަމަކީ.” ފައްޔާޒް އިސްމާއިލް.

ފައްޔާޒް ޗެއަރޕާސަން ކަމަށް ގެނައުމަށް މަސައްކަތް ކުރަނީ  ޕާޓީ ހިސޯރުކޮށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއިން ބޭރުކުރުމަށް ކަމުގައި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން  ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ރައީސް ނަޝީދު ޕާޓީއިން ބޭރުކުރުމަށް އެމްޑީޕީ އިން މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެމްޑީޕީގެ އަސާސްތައްގެއްލި ޕާޓީ ބައިބައިވެގެން ދާ ކަމަށާއި ޕާޓީ ހަލާކު ކުރުމަށް ޕާޓީތެރެއިން ބަޔަކު ނިކުމެ މަސައްކަތްތަކެއް ކުރަމުންދާ ވާހަކައަކީ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ފެށުމާއެކު އެންމެ ގަދައަށް އިވެންފެށި އަޑުތަކެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި  މަހުގެ 14 ވަނަ ދުވަހުއެވެ. އަދި އެ އިންތިހާބުގައި ޗެއަރޕާސަންގެ މަގާމަށް ވޯޓްލެވޭ ނުވަދިހަ ހާހަށް ވުރެ ގިނަ މެމްބަރުން ތިބިކަމަށް ޕާޓީގެ އޮފީހުން އާންމުކުރި މައުލޫމާތުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: