ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން އާ ދެ ބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފި

މިފްކޯއިން ބާޒާރަށް އަލަށް ތައާރަފްކުރި މަސްދަޅުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން އާ ދެބާވަތެއްގެ މަސްދަޅު މިއަދު ބާޒާރަށް ނެރެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސްދަޅުތައް ތައާރަފްކޮށްދެއްވާފައި ވަނީ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ.

މިފްކޯއިން މިއަދު ބާޒާރަށް ނެރެފައިވާ ދެ ބާވަތުގެ މަސްދަޅަކީ ލުނބޮޔާއި މިރުހާ އެކު ކަނޑުމަސް ހިމެނޭ “ހޮޓްޕެކް” އާއި “ކަނޑުމަސް ބަނޑައިދޫ ޒައިތޫނި ތެލުގައި” ބަންދުކޮށްފައިވާ މަސްދަޅެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުންފުނީގެ ސީއީއޯ ފައުޒީ ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރެވުނު ދެބާވަތަކީވެސް މާކެޓު ދިރާސާތަކާއި ލެބް ޓެސްޓުތަކަށްފަހު ދިވެހިންނަށް ކަމުދާނެހެން ތައްޔާރުކޮށްފައިވާ ބާވަތްތަކެއްކަމަށެވެ.

އަދި އިތުރު ޕްރޮޑަކްޓްތައްވެސް ހުރިކަމަށާއި ވަރަށް އަވަހަށް އެތަކެތި ބާޒާރަށްނެރޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ފަސޭހަކަމާއެކު މަހުގެ ބާވަތްތައް ލިބޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެސަރަހައްދުގައި މިފްކޯގެ ފިހާރައެއް ހުޅުވާނެ ކަމަށެވެ.

އާމަސްދަޅުތައް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯއިން ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މަސް ދަޅުގެ ރަހަ ބެލުމުގެ ފުރުސަތު އަރުވާފައެވެ. އެގޮތުން މަސްދަޅުގެ ރަހަބެލި އެންމެންވެސް ބުނެފައިވަނީ އޭގެ ރަހަ ތަފާތުވެފައި މީރުކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: