ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ – ރާއްޖެ އެބަސްވުން: ދެ ގައުމުގެ ދެމެދުގައި ވެކްސިން ކާޑުތައް ބަލައިގަންނާނެ!

އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެކްސިނޭޝަން ސެޓްފިކެޓު އިންޑިއާގައި ވެސް ބޭނުން ކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ރާއްޖެ ވަޑައިގެންނެވިއިރު، ދެ ގައުމުގެ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދާއި އެކު މަޝްވަރާތައް ބާއްވަވައި، އިންޑިއާ ސަރުކާރުގެ އެހީގައި މިވަގުތު ކުރިޔަށްދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާނެ އެވެ. އަދި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި، ބައިނަލްއަގްވާމީ މަސްރަހުގައި ހިނގަމުންދާ ދެ ގައުމާއި ގުޅުން ހުރި މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާނެ އެވެ.

މިރޭގެ ބައްދަލުވުމުގައި މުހިންމު ދެ އެއްބަވުމެއްގައި ސޮއި ކުރިއިރު އެއީ ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓް އަނެއް ގައުމުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ބެހޭ އެއްބަސްވުމާއި، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވުނު އެއްބަސްވުމެވެ.

ހެލްތް މިނިސްޓްރީ އާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރ ދެމެދު ގާއިމް ކުރި ވެކްސިން ސެޓްފިކެޓާއި ގުޅޭ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ދަތުރު ކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ވެކްސިންގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއް ގައުމު އަނެއް ގައުމުން ބަލައިގަންނާނެއެވެ.

މިއަދު ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެންއައިސީ) އާއި ދެމެދު ސޮއިކުރި ޕިއަރިންގ އެގްރިމެންޓް އަކީ މި ދެ މުއައްސަސާގެ މެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްދެއްވާފައެވެ.

މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސަވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވޭނެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: