ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ރައީސްގެ ހާއްސަ ތަސައްވުރެއް!

ރައީސްގެ ދެކަބަލުންގެ އިތުރުން ނައިބް ރައީސް އާއިއެކު ރަށް ގިރާފައިވާ ހިސާބު ބައްލަވައިލެއްވުމގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކުގެ ޒަމާންވީ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިހް ހާއްސަ ތަސައްވުރެ ހާމަކުރައްވައިފި އެވެ.

ރައީސް ވަނީ ގިނަ މަޝްރޫއުތަކެއް ފައްޓަވައި ދެއްވާ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށްޓަކައި ފުވައްމުލަކަށް ދަތުރެއް ކުރައްވާފައެވެ. މި ދަތުރުގައި ރައީސްގެ އަނބިކަބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަތުރުގެ ތެރެއިން ރައީސްގެ ދެކަނބަލުން ވަނީ ފުވައްމުލަކުގެ ގިރަމުން ދާ ހިސާބު ސަރުކާރުގެ އިސްވެރިންނާއިއެކު ބައްލަވާލާފައެވެ.

ފުވައްމުލަކުގެ ޒަމާންވީ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަޝްވަރާތަކެއް މީގެ ކުރިން ކުރެވި ގްރާންޓު އެއްބަސްވުންކެއްގައި ސޮއި ކުރެވިފައިވީ ނަމަވެސް މިކަމަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެއެވެ. މިގޮތުން 2014 ވަނަ އަހަރުގެ ޑިސްމެބަރ މަހުގެ ތެރޭގައި ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރާއި ނެދަލެންޑު ސަރުކާރާއެކު ގްރާންޓު އެއްބަސްވުމެއްގައި ސޮއިކޮށްފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ. އަދި މަސައްކަތް ފެށުމަށްޓަކައި 2015 ވަނަ އަހަރުގެ ތެރޭގައި ނެދަރލޭންޑްގެ ޓީމެއް ވަނީ ރަށަށް ޒިޔާރާތްކޮށް ގިރަމުން ދާ ހިސާބު ބެއްލެވުމާއި އެކު ފުވައްމުލަކުގެ ސިޓީ ކައުންސިލާވެސް ބައްދަލު ކޮށްފައި ވެއެވެ.

ރާއްޖޭގެ ރަށެއްގެ ބޮޑު މިނާއި ގާތްކުރާ މިންވަރަށް ފުވައްމުލަކު ސިޓީ ވަނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ގިރާފައެވެ. ރަށް އިތުރަށް ގިރައިގެން ދިޔުމުގެ ކުރިން ރަށް ހިމާކުރުމަކީ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ބޮޑު އުއްމީދެކެވެ.

މިގޮތުން ރައީސް ވަނީ މިކަމުގެ ހައްލު ހޯދައިދެއްވުމަށްޓަކައި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ތަސައްވުރެއް ހާމަކުރައްވާފައެވެ.

ރައީސް ފުވައްމުލަކުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެންމެ ރަނގަޅު ފެންވަރުގައި މި މަޝްރޫއު ކުރިއަށް ގެންދާނެކަމުގައެވެ. އަދި މަސައްކަތް ނިމިގެންދާއިރު ހައިވޭއަކާއެކު ތަރައްޤީކުރުމަށް އިސްކަން ދެއްވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކޮންޓެކްޓްކޮށްފައިވާ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އެމް.ޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަަމަޖެހިފައިވަނީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީއާއި ކުވެއިތު ފަންޑުގެ ލޯނު އެހީގެ އިތުރުން ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: