ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރަސީ ތައާރަފް ކުރީ މި ރާއްޖޭގެ ވެރިކަން ކުރު މުއްދަތަށް ދެމި އޮތުމަށް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އާ ޤާނޫން އަސާސީ ރާއްޖެއަށް ތަޢާރަފްކުރީ ޑިމޮކްރަސީ ގެނެސް އަމާން ކަމާއި އޮމާންކަމާއި އެކީގައި މި ރާއްޖޭގެ ވެރިކަންތައް ބަދަލްވެގެންދާނެ ގޮތްތަކެއް ހޯދުމަށްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދަ ޑިމޮކްރެޓްސްއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު އާއި އެކު ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ކުރިއަށްދިޔަ ޕިކަޕް ބުރުގެ ތެރެއިން ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ވެރިންނަށް އަބަދުވެސް އޮންނަނީ އޮޅިފައިކަމަށާއި، ވެރިކަން މި ހިނގަނީ ރައްޔިތުންގެ ފަރާތުން ނޫންކަމަށް ވިދާޅުވިއެވެ. އަދި އައު ޤާނޫން އަސާސީގެ ސަބަބުން ޑިމޮކްރަސީގެ ރީތި އުސޫލްތައް ރާއްޖެއަށް ވާނީ ތައާރަފްކުރެވިފައިކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސުލްހަވެރިކަމާއި އަމާންކަމާއި އޮމާންކަމާއި އެކީގައި ވެރިކަންތައް ބަދަލުވެގެންދާނެ ގޮތްތަކެއް ހޯދުމަށް އެ ޤާނޫން އަސާސީ އެކުލަވާލެވުނުކަމަށް ވިދާޅުވިއެވެ.

އެގޮތުން ރައީސް އިބްރާހިމް ނާސިރުގެ 21 އަހަރުގެ ދިގު ވެރިކަމާއި ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަންތަކަމާއި އެކުގައި ދިވެހިންނަށް މާބޮޑަށް ކަންތައްތައް ކަށަވަރުވެފައިވަނީ އާންމު ހާލަތު ރަގަޅު ކުރެވޭނީ އަމިއްލަ ހަޔާތް އަމިއްލަ އަތްމައްޗަށް ނަގައިގެން ކަމަށް ވިދާޅުވިއެވެ.

“ސީދާ ތިމްނަނައޭ ތިމަންނަގެ އޮޑީގެ މާލިމީއަކީ، ތިމަންނައާއި ތިމަންނަގެ އާއިލާ އަދި ތިމަންނަގެ އާއިލާއާއި ގާތްތިމާގެ މީހުންނަށް ތަނަވަސްކަމެއް ހޯދައިދޭވޭނީ އަބުރުވެރި ދިރިއުޅުމެއް ހޯދައިދެވޭނީ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދެވޭނެ ގޮތްތަކަކީ ކޮބާހޭ. އިލްޔާސް ލަބީބް އަޅުގަނޑުމެނާއި އެކީ ނިކުމެ އެ ހުންނެވީ ހަމަ އެކަނި އެ ބޭނުމަށްޓަކައި. ދެވަނަ ދައުރަކަށްޓަކައެއް ނޫން. އަޅުގަނޑު މިތަނަށް އައިސް މި ހުންނަނީ ވެރިކަމުގެ ވެރިކަމުގެ ލައްޒަތާއި ޖާހާގައި ވެރިކަމުގެ އަރާމަށްޓަކައެއް ނޫން. އަޅުގަނޑުމެން މިތަނުގައި މިތިބީ އިލްޔާސް ލަބީބްގެ ރިޔާސަތެއް މި ރާއްޖޭގައި އުފައްދަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް ގެނެސް ދައުލަތު އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ނިޒާމް ޤާއިމްކޮށް ދައުލަތުގެ ާއާމްދަނީ 7 ބިލިއަންގައި ހުރި އިރު، މިހާރު ދައުލަތުގެ އާމްދަނީ 30 މިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުން ރަށް ތަރައްޤީ ކުރެވި މަގުތައް ހެދުނު ނަމަވެސް ރައްޔިތު މީހާގެ ގެއަށް ވަންނަ އާމްދަނީ އިތުރުވެފައިވޭތޯ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ. އިލްޔާސް ލަބީބްގެ ރިޔާސަތެއް ބޭނުންވަނީ ރާއްޖޭގެ ގޭބީސީތަކުގެ އާމްދަނީ އިތުރުވާނެ ގޮތަކަށް ގައުމު ތަރައްގީކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެމްޕޭން ދަތުރުފުޅުގައި ރައީސް ނަޝީދާއި އިލްޔާސް ފުވައްމުލަކަށް ވަޑައިގެންފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ދެ ބޭފުޅުންނަށް ފުވައްމުލަކަށް ވަޑައިގަތުމުން އެއާޕޯޓުން ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފުވައްމުލަކުގައި ކެމްޕޭނުގެ އެކި ހަރަކާތްތައް މިއަދު ކުރިއަށްގެންދާއިރު މިއަދުގެ ވަގުތެއްގައި ނަޝީދާއި އިލްޔާސް އައްޑޫ އަށް ވަޑައިގަންނަވާނެ އެވެ. އަދި މިރޭ ހިތަދޫ ފްލެޓް ސަރަހައްދުގައި ޑިމޮކްރެޓްސްގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ޑިމޮކްރެޓްސްގެ ކެމްޕޭނުގެ ފަހު ޖަލްސާ މާދަމާ ރޭ މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިޚާބު އަންނަ ހޮނިހިރު ދުވަހު އޮންނައިރު އިލްޔާސްގެ އިތުރުން ރަނިންމޭޓް ހުސައިން އަމްރު ވެސް އަންނަނީ އެކި ރަށްރަށަށް ދަތުރުކުރައްވާ ދޮރުން ދޮރަށް ހިންގަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: