ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަރީޝް ދޫކޮށްލަން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދޫކޮށްލުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފި އެވެ.

ފުލުހުން ނަރީޝް ހައްޔަރުކުރީ އިދިކޮޅު ކޯލިޝަނުން އިންތިޒާމު ކޮށްގެން “ނޭވާހޮޅިއަށް” ނަމުގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދަން އުޅުނު އެއްވުން ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަރީޝް ހައްޔަރުކުރީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ގާނޫނުއަސާސީން ލިބޭ ހައްގުތަކުގެ ދަށުން މިނިވަންކަމުގެ ޝުއޫރު ފާޅުކުރަމުން ދަނިކޮށް ކަމަށެވެ.

ނަރީޝް ހައްޔަރު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. ނަރީޝް އަކީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މަންދޫބެއްގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންކަމުން ނަރީޝް ހައްޔަރު ކުރުމަކީ ކައުންސިލަރެއްގެ ބާރު ކަނޑުވާލުމާއި އަޑު ކަނޑުވާލުމަށް ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ.

ހުކުރު ދުވަހުގެ ހަރަކާތުގެ ތެރެއިން ފުލުހުން ނަރީޝް ހައްޔަރުކުރީ އެ ދުވަހު ޕީޕީއެމާއި ޕީއެންސީން ބޭއްވި އެއްވުން ރަސްމީކޮށް ނުވެސް ފަށަނީހެވެ. އެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

ނަރީޝްއާ އެކު މިހާރު އެއްވުމާ ގުޅިގެން ހައްޔަރުގައި ތިބީ 9 މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: