ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ ނައިޓް މާކެޓް ނުބާއްވަން ނިންމައިފި

މީގެ ކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ރޯދަ މަހުގެ ކުރިން ބާއްވަން މަސައްކަތް ކުރި “ސިޓީ ނައިޓް މާކެޓް” ނުބާއްވަން ނިންމައިފި އެވެ.

ރޯދަ އަށް ހާއްސަކޮށް މާލޭ ސިޓީ ކައުންސިލުން ބާއްވަން ނިންމި ނައިޓް މާކެޓް ފަށަން ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ. ނަމަވެސް ކައުންސިލުން މިއަދު ބުނީ ނައިޓް މާކެޓް ބާއްވަން ވަގުތު ނެތުމުގެ ސަބަބުން ނައިޓް މާކެޓްގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އަންނަނީ ރޯދަ މަހަށް ހާއްސަކޮށްގެން، މާލޭގެ ދެ ސަރަހައްދެއްގައި މޭވާ އާއި ތަރުކާރީ ވިއްކަން ވަގުތީ މާރުކޭޓްތަކެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އެ މާރުކޭޓްތައް ހުޅުވާނީ ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމުގަ އާއި ރަސްފަނު ޕާކިން ޒޯނުގަ އެވެ.

އާ އަހަރާ ދިމާކޮށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ޑިސެމްބަރުގައި މާލޭގައި ނައިޓް މާކެޓެއް ބާއްވައިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: