ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އަލީ ޒާހިރާއި އިމްރާނުގެ އަތެއްވާކަމުގެ ތުހުމަތު!

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒަހިރާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރުގެ މޭއި 06 ގައި ދިން ޓެރަރިސްޓު ހަމަލާގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އަތެއްވާކަމުގެ ތުހުމަތު، މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް ރަޝީދު (ބޮންޑެ) ކުރައްވައިފިއެވެ.

ފުލުހުންގެ ތެރޭގައި ގަސްތުގައި ގޯސް ހަދާ އޮފިސަރުން އެބަތިބިކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެފައި ވަނިކޮށް، އެފަދަކަމެއް ފުލުހުން ނުކުރާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން އެ ދެ ބޭފުޅުންގެ ތެރެއިން މަޖިލީހަށް ދޮގު މައުލޫމާތު ދިން ވަޒީރެއް ހޯދައި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި އަލީ ޒާހިރާއި އިމްރާނާއި ގުޅުމެއް ވާނެ ކަމަށެވެ.

ބޮންޑެ ވިދާޅުވީ އިމްރާނަކީ ބަޣާވާތް ކުރިއިރު އެންމެ އިސްކޮށް ހުރި މެމްބަރު ކަމަށެވެ. އަދި ދާދި ފަހުން އަލީ ޒާހިރު ވެސް ރައީސް ނަޝީދަށް ނިސްބަތް ކުރައްވައި ބޭއަދަބީކޮށް ވާހަކަ ދެއްކެވިކަން ބޮންޑެ ފާހަގަ ކުރެއްވި އެވެ. ބޮންޑެ އެ ފާހަގަ ކުރެއްވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ޕާޓީގެ އެކްޓވިސްޓެއް ކުރި ޓްވީޓަކަށް ރައްދުދީ އަލީ ޒާޙިރުގެ އެކައުންޓުން ޓްވީޓު ކުރި މައްސަލައެވެ. ނަމަވެސް އެކަމަށް އެމްޑީޕީގެ މެމްބަރުން ފާޑުވިދާޅުވުމުން އަލީ ޒާހިރު ވިދާޅުވީ އޭނާގެ ޓްވިޓާ އެކައުންޓު ހެކްވީ ކަމަށެވެ.

މި ކަންތަކަށް ރިއާޔަތްކޮށް، އިމްރާނާއި އަލީ ޒާހިރު ބޮމުގެ ހަމަލާގައި ބައިވެރިވެފައި އޮތުމުގެ ފުރުސަތު އޮތްކަން ޔަގީން ކުރެވޭކަމަށް ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ އިތުރަށް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބާރުތައް ހޯދައިދޭން ކެނޑިނޭޅި ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ދާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެތެރެ ވަކި ބަޔަކު ހިސޯރުކޮށްފައިވާ ކަމަށެވެ.އަދި ރަައްޔިތުންގެ މަޖިލިސް އޮތީ ސަރުކާރު އަތްދަށުވެފައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 40 ޕަސެންޓް އެމްޑީޕީ އަށް ދޭ ގޮތަށް އޮއްވައި، ރައީސް ނަޝީދު ނުކުމެ ހުރިހާ ގޮނޑިތަކެއް ރައްޔިތުންނަށް ހޯދައިދެއްވި ނަމަވެސް މިއަދު އެ ހުރިހާ ގޮނޑިއެއް ވަނީ ސަރުކާރުގެ އަތްދަށުގައި ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށާއި ޑިމޮކްރަސީ އޮތީ ފުނޑުފުނޑުވެފައި ކަމަށެވެ. އެހާލަތުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ  އޭނާ އަށް ދައުލަތް ސިފަވަނީ މެމްބަރުން ހަކުރުގަނޑަކަށް ހުސްވެ ތިބެގެން ގޮސް އެވަށާ މެހިތަކެއްހެން އެނބުރޭ ތަނެވެ.

ބޮންޑެ ވިދާޅުވީ ރައީސް ނަޝީދަށް އެވަރުގެ ބޮޑު ޒަހަމެއް ދީފައި އެވަގުތު ހޮސްޕިޓަލުގައި އެޑްމިޑް ކޮށްފައި އޮތްއިރުވެސް ރައީސް ނަޝީދާ ދިމާލަށް ހުތުރުބަހުން ވާހަކަ ދެއްކުން ނޫންކަމެއް ސަރުކާރުގެ ވުޒާރާތަކުން ނުކުރާ ކަމަށާއި އެކަމަކީ ވިސްނަންޖެހޭ ކަމެއް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: