ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިގެންފި

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައި ބަހުސް ކުރަން ފަށައިފި އެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ. މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 23 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ މައްސަަލަ ހުށަަހަޅުއްވަމުން ސައީދު ވިދާޅުވީ ގަމު ހޮސްޕިޓަލަކީ ލ. އަތޮޅުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަަކަށް ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވާ އިރު އެ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ހޮސްޕިޓަލްގައި ޓަރޝަރީ ފެންވަރަށް ވަސީލަތްތައް ގާއިމްނުކުރެވި، ބަލިމީހުންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ ހާދިސާތަކެއް ފަރުވާކުޑަވުމާއި ހިންގުމުގެ ދޯދިޔާކަމުން ހިނގާފައިވާކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

އަދިހަމަ އެހެންމެ ޑޮކްޓަރުން ތިބެންޖެހޭ މުހިއްމު ބަލިތަކަށް ޑޮކްޓަރުން ނެތުމާއި ޓެސްޓުތައް ހެދެންނެތުމާއި، ވަސީލަތްތަކާއި އިމާރާތްވެސް މަރާމާތު ނުކުރެވި ހަލާކުވަމުމުންދާތީ، ބޯޑުގެ ދަށަށް ބަދަލުކުރެވިފައިވާ މުވައްޒަފުންގެ ކަންކަންވެސް ނުބެލެހެއްޓި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތުގެ ފެންވަރު ދުވަހުން ދުވަހަށް ދަށްވަމުންދާތީ، މިކަންކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް ސައީދުގެ މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: