ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށްދާނީ އައްޑޫ އަދި ފުވައްމުލަކު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އަދި ފުވައްމުލައް ސިޓީގެ ރައްޔިތުން ދެއްވި ހިލާޔާއެއްގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލުމަށްފަހު މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ އެ ދެ ސިޓީގެ ރައްޔިތުން އެ ދެ ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް މަޝްވަރާ އާއި ހިޔާލު ހުށަހަޅާފައިވާ ކަމަށެވެ. އެކަންކަމުގެ އަލީގައި ކުރިއަށް ވަޑައިގަންންވާނެކަމުގެ ޔަގީންކަން އަރުއްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ މި ދަތުރުގައި އެ ދެ ސިޓީގެ ރައްޔިތުން އެމަނިކުފާނަށް ދިން މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު ދަންނަވާފަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އައްޑޫގެ ޕޮލިސް އެކަޑަމީ ހުޅުވުމާއި، ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމާއި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: