ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޝޭލްސްގެ ކުރީގެ ރައީސް، ރައީސް ސޯލިހުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސީޝޭލްސްގެ ކުރީގެ ރައީސް ހިޒް އެކްސެލެންސީ ޑެނީ ފަރުރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޯވިޑް-19ގެ ޙާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިޔަށްދާގޮތާއި އިޤްތިޞާދީ ހަރާކާތްތަކާއި ފަރުވެރިކަމާއި ދެ ޤައުމުގެ ތާރީޚްފަދަ ދެ ފަރާތުން އިސްކަންދޭ އެކި މައުޟޫއުތަކުގައި ޚިޔާލުބަދަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްޞީލުތަކާއި ކުރިޔަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްޞީލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: