ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލޮޅު އަދި ތައިސޭ ކޮށީގައި ދަނޑު ހެދުމުގެ ފައިސާ މިދިޔަ އަހަރުގެ ބަޖެޓުން ނުލިބުނު: މަހުލޫފް

މިނިސްޓަރ މަހްލޫފް ފޮޓޯ- ޕީއެސްއެމް ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު ދަނޑުގެ އިތުރުން ތައިސޭ ކޮށީގައި ހެދުމަށް ހަމަޖެހިފައިވާ ދަނޑު ހެދުމަށް 2021 ވަނަ އަހަރަށް ކަނޑައެޅިފައިވާ ބަޖެޓުން ފައިސާ ނުލިބުނު ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މާލޭ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މިނިސްޓާ މަހުލޫފްއަށް މިކަމާއި ގުޅިގެން ލިޔުމުން ޖަވާބު ހޯއްދެއްވުމަށް ކުރެވިފައިވާ ސުވާލުގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ ޕޯސްޓް ކުރުމުގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން މި ދަނޑުތައް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ފައިސާގެ މިންވަރު ކަމުގައިވާ 2،708093.50 ރުފިޔާ 2021 ވަނަ އަހަުގެ ބަޖެޓުން ނުލިބުނު ކަމުގައެވެ.

އީވާ ކުރެއްވި ސުވާލުގައި ވަނީ މާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގަލޮޅު ސިނަމާލެ ފްލެޓް ކައިރި ފުޓްސަލް ދަނޑުގެ މަސައްކަތަށް ފައިސާ ދޫކުރުމަށް 20 ޑިސެމްބަރ 2021 ގައިވާ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލް އިދާރާ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރާތާ 20 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްއަށް ޖަމާކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސް އަށް ފޮނުވާނެ ކަމަށް ބަޔާން ކޮށްފައިވާކަމަށް އޭނާ އަށް މައުލޫމާތު ލިބޭއިރު މި ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމުގައި ކަމާއި މެދުގައެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓާ މަހްލޫފްގެ ޖަވާބު އިއްވިއިރު ފާހަގަ ކޮށްފައިވަނީ، މިކަމަށް 2022 ވަނަ އަހަރުގެ ބަޖެޓުން ކަނޑައެޅިފައިވަނީ 150،000 ކަމުގައެވެ.

މި އެއްބަސްވުމުގެ ދަށުން މި މަސައްކަތުގެ ޖުމްލަ ފައިސާ ޖަމާކުރުމަށް 30 ޑިސެމްބާރ 2021 ގައި ޕޯސްޓް ކުރެވިފައިވާކަމަށާޢި ނަމަވެސް ދިމާވި މައްސަލަ ތަކުގެ ސަބަބުން 2021 ވަނަ އަހަރުގެ ބަޖެޓުން މި މަސައްކަތަށް ފައިސާ ލިބިފައިނުވާތީ 2022 ވަނަ އަހަރުގެ ބަޖެޓުން މިފައިސާ ސިޓީ ކައުންސިލަށް ޖަމާ ކުރުމަށްޓަކައި  10 މާރިޗު 2022 ވަނީ ފައިނޭންސް މިނިސްޓްރީއަށް ހުށައެޅިފައިކަމަށް މަހުލޫފް ވަނީ ޖަވާބުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: