ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އިނާމާއި ބެހޭ ކޮމިޓީއިން މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

34 ދާއިރާއަކަށް ހުޅުވާލައިގެން މިއަހަރުވެސް ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މި ދާއިރާތަކާއި ކަމާބެހޭ ފަރާތްތަކުން ހިޔާލު ހޯދައި މަޝްވަރާ ކުރައްވާ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ގެނެސްފައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ބުނެފައެވެ.

ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން އިތުރަށް ފާހަގަކޮށްފައި ވަނީ ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށްވެސް އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނިތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް އިނާމަށް އެދި ހުށައެޅުއްވޭނެކަމުގައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ހުށައެޅޭނެ ގޮތަށްވަނީ ކަނޑައަޅާފައެވެ.

ޤައުމީ އިނާމުގެ ފޯމް ރައީސް އޮފީހަށާއި، އީމެއިލްގެ އިތުރުން ޕޯޓަލް މެދުވެރިކޮށްގެން ހުށައެޅޭނެ ކަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުންވަނީ ބުނެފައެވެ. ފޯމު ހުށަހަޅުއްވާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ވަނީ އެދިފައެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަނޑިތަކުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުންނެވެ.

މީގެ އިތުރުން ޤައުމީ އިނާމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ޚަބަރުފަތުރާ ވަސީލަތްތަކުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށްް، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ގައުމީ އިނާމާއި ބެހޭ ކޮމެޓީއިން ވަނީ ބުނެފައެވެ.

ފޯމް ބަލައިގަތުމުގެ ސުން ގަނޑިއެއްކަމުގައި ކޮމިޓީން ނިންމާފައިވަނީ މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ކުރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: