ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ވިޔަފާރި ކުރުމަކީ ހަރާމް ކަމެކޭ ނުބުނެވޭނެ: ޝިފާއު

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ވިޔަފާރި ކުރުމަކީ ހަރާން ކަމެކޭ ނުބުނެވޭނެ ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނިތަކާއި ބެހޭ ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ ހަމަތިބެފަ ސަރުކާރުން ވިޔަފާރި ކުރުމަކީ ހަރާމް ކަމެކޭ ނުވުނެވޭނެ ކަމަށާއި އެލެވެލްއަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. ޝިފާއު ވިދާޅުވީ ސަރުކާރުން ވިޔަފާރި ކޮށްގެންވެސް މިގައުމުގެ އިގްތިސާދު ކޮޅަށް ޖަހަން ޖެހޭ ކަމަށާއި ކޮޅަށް ޖަހަންޖެހޭ ވަކި ސެކްޓަރތައް ހުރިކަން ޝިފާއު ފާހަގަ ކުރެއްވިއެވެ.

ޝިފާއު ވިދާޅުވިގޮތުގައި ހަގީގަތުގައި މިސަރުކާރުން ރާއްޖޭގެ  އެތެރޭގެ އިގްތިސާދު ވަރުގަދަ ކުރުމަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރުގަދަކުރުމަށް ލައްކަ ގިނަ މަސައްކަތް ކުރަމުންގެންދާ ކަމުގައެވެ. އެކަން އިކޮނޮމިކް މިނިސްޓްރީއިންވެސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ސަރުކާރުއައިފަހުން ރައްޔިތުންގެ މަޖިލީހުން  ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުމަށްޓަކައި ގާނޫނީ ގޮތުން ލުއިފަސޭހަތަކެއް ހޯދައި ދީފައިވާ ކަމުގައެވެ. އޭގެ މިސާލެއްގެ ގޮތުގައި އިލެކްޓްރޯނިކް ޕޭމެންޓް ގޭޓްވޭ ބިލާއި އީކޮމާސް ފަދަ މުހިއްމު ކަންކަން ކުރެވޭނެ މަގު ފަހި ކުރުމަށް ވަރަށްގިނަ ކަންކަން ކޮށްފައިވާ ކަމުގައެވެ.

ޝިފާއު ވިދާޅުވީ ސަރުކާރުން ކުންފުނިތައް ހަދަނީ ކޮންމެހެން ވިޔަފާރިކުރަން ނޫން ކަމަށާއި އަދި އާންމު ރައްޔިތުމީހާ ވިޔަފާރި ކުރިޔަ ނުދޭން ނޫން ކަމަށެވެ.  އެކަން އިނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ބައެއް ކަހަލަ ވިޔަފާރިތައް ކުރާނެ ހިތްވަރު އާންމު ރައްޔިތުންގެ ކިބައިގައި ނެތް ކަމަށާއި ނުވަތަ ބައެއް ވިޔަފާރިތަކަކީ އޭގެ ތެރެއަށް ވަނުމަށް އާންމުން ޖެހިލުންވާ ވިޔަފާރިތައް ކަމުގައެވެ. އެފަދަ ހާލަތްތަކުގައި ސަރުކާރުން ކުންފުނިތައް ހަދައިގެން އެވިޔަފާރިތައް ކުރެވޭކަން ރައްޔިތުންނަށް ދައްކަންޖެހޭ ކަމަށް ޝިފާއު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ޝިފާއު ފާހަގަކުރެއްވީ މިސަރުކާރުން ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ އެގްރޯ ނެޓް ކުންފުންޏެވެ. ޝިފާއު ވިދާޅުވީ އެއްކިލޯ ކިއުކަންބާ ގަތުމަށް ކުންފުންޏެއްނައި ކަމަށެވެ. ނަމަވެސް އެގްރޯނެޓް ކުންފުނި ކާމިޔާބުކަމާއި އެކު ހިންގަނީ އަތޮޅުތެރޭގައި ތިބި ދަނޑުވެރިންނަށް ދަނޑުވެރިކަން ކޮށްދޭން އިންވެސްޓްކޮށްގެން ކަމުގައި ޝިފާއުގެ ވާހަކައިގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަނޑުވެރިން އުފައްދާ އެއްކިލޯ ކިއުކަމްބާ އާއި އެއްކިލޯ މިރުސް ގެނެސް އެއްތަނަކަށް ޖަމާކޮށް އާންމު ރައްޔިތުންނަށް ފޯރުކޮށްދެނީ އެގްރޯ ނެޓުން ކަމަށެވެ. ވުމާއެކު އެފަދަ ކަންކަމަކީ ކުރެވޭނެ ކަންކަން ކަމުގައި ރައްޔިތުންނަށް ފެނިގެން ގޮސްފައިވަނީ ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ސަބަބުން ކަމުގައި ޝިފާއު ހާމަކުރެއްވިއެވެ.

ޝިފާއު ވިދާޅުވީ އެގްރޯނެޓުން ކުރަމުންގެންދާ ދަނޑުވެރިކަން ކުރާނެ މާ ރަނގަޅު ކުންފުންޏެއް މާދަމާ އަތުވެދާނެ ކަމަށެވެ. އަދި އެހިސާބުން ސަރުކާރުން އެކުންފުނިތަކަށް އެފުރުސަތު ދޭންވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ގައުމެއްގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ވިޔަފާރި މާހައުލު ފަހިކޮށް ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ޝިފާއު ވިދާޅުވިއެވެ. އަދި އެދަނޑިވަޅެއްގައި އަހުމިއްޔަތުކަން ދޭންޖެހޭ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި ޝިފާއު ވިދާޅުވިއެވެ.

އެގޮތުން އެސްއެމްއީ ލޯނުތައް ދިނުމުގައި ރާއްޖޭގައި ކުރިއަރުވަން ޖެހޭ ވިޔަފާރިތަކަށް އިސްކަންދޭ ކަމުގައި ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ފަތުރުވެރިކަމުގެ ވިޔަފާރިއާއި މަސްވެރިކަމުގެ ވިޔަފާރި އަށް އެސްއެމްއީ ލޯނު ދޭ ކަމަށެވެ.

މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ރާއްޖޭގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަށް ކޮށްދޭންޖެހޭ ކަމަށާއި އެކަން ކޮށްނުދީ މަސްވެރިންނަށް ރަނގަޅު އެއްޗެއް ނުދެވޭނެ ކަމަކީ އެންމެން އެއްބަސްވާ ހަގީގަތެއް ކަމުގައި ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވި އެކަން ކުރުމަށް ސަރުކާރުން ކުދި ވިޔަފާރިތަކަށް ނުވަތަ ރައްޔިތުންނަށް ރަށް ރަށުގައި ލޯނު ދީގެން ނަމަވެސް އެކަން ކުރުވުމަށް މަސައްކަތް ކުރާނީ ކަމުގައެވެ. އަދި މަސް ޕްރޮސެސް ކުރުމަކީ ރައްޔިތުންނަށްވެސް ކުރެވޭނެ ކަމެއް ކަން ދެއްކުމަށް އެކަން ކުރުމަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެ ޑިސްޓްރިބިއުޓް ކުރެވޭނެ މޮޑެލްއެއް ސަރުކާރުން ހޯދާ ރައްޔިތުން މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާންމު ވިޔަފާރިތައް އިންވެސްޓް ނުކޮށް ބިރުވެރިކަމެއްގައި ތިބިތިބުން ނައްތާލުމަށް އިންވެސްޓް ކުރުމަށް ފުރުސަތުތަކެއް ހޯދައިދޭންޖެހޭ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އަދިވެސް އާންމުންނަށް އިންވެސްޓްކުރުމަށް އިތުރަށް ކުންފުނިތައް ހަދައިގެން މަސް ޕްރޮސެސްކޮށްގެން މަސްވެރިންނަށް ރަނގަޅު އަގު ހޯދޭނެ މަގުތައް ހޯދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: