ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަފީރު ކަމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައި: ވިސާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަފީރު ކަމުން އިސްތިއުފާ ދީނީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެއެވެ.

ވިސާމް އިސްތިއުފާ ދެއްވިކަން ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޔަގީން ކޮށްދީފައެވެ. އަދި ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

އެކަމާ ގުޅިގެން ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަފީރު ކަމުގެ މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައެވެ. އަދި މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ހައްގު ކަމަށެވެ.

މާޗް 26، 2019 ގައި މަގާމަށް އައްޔަން ކުރެއްވި ވިސާމް އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ. ވިސާމް އާއި ތަސްމީން ދިރިއުޅުއްވަނީވެސް މެލޭޝިޔާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: