ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްރީލަންކާ، އަޑިގަނޑަކަށް ފަހު އަޑިގަނޑެއްގެ ތެރޭ ތާާށިވެފައި!

ފޮޓޯ/ ރޮއިޓާރސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އަވަށްޓެރި ގަައުމެއް ކަމަށްވާ، 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ ހާލަތު ދަށުން ދަށަށް ދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ކޮވިޑު-19 ގެ ބަލިމަޑުކަމުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިނުގަނެވި ވަނިކޮށް، ލަންކާ ފުން އަނދަވަޅަކަށް ވައްޓާލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އަސާސީ އަދި ޒަރޫރީ ބައެއް ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.

ލަންކާގައި ކަރަންޓާއި، ފެން ފޯރުކޮށް ދެމުން ދަނީ ވަކި ގަޑިތަކަށް ބަހާލައިގެންނެވެ. އަދި އެ ނޫން ވަގުތުތަކުގައި ގެތަކުން ނިކުތުން މަނާކޮށް ކާފިއު ހިންގަމުންދާއިރު، ލަންކާގެ ރައްޔިތުން ދަނީ ހުއްޓުމެއް ނެތި ގޮޓަބަޔާ ރާޖަޕަކްސާގެ އާއިލީ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ބޫރުއަރައި، ބޭސް ފަރުވާ އާއި ހޮސްޕިޓަލުތަކުގައި ހިދުމަތް ދިނުމުގެ އުސޫލު އަދި ތެލުގެ ވިޔަފާރި ވަނީ އެއްކޮށް ލިމިޓުކޮށްފަ އެވެ. ލަންކާގެ ހާލަތު އެންމެ ގާތުން ރިޕޯޓުކޮށް، ރާޖަޕަކްސާ އާއިލާއާ ދެކޮޅަށް ހަބަރުތަކާއި ރިޕޯޓުތައް ގެނެސްދޭ ބައެއް މީޑިއާތަކަށް ވެސް ގޮންޖެހުންތަކާއި ވަނީ ދިމާވެފަ އެވެ.

ސްރީލަންކާގެ ހާލަތާއި މެދު އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، ރާޖަޕަކްސާގެ އާއިލާއަށް ނިސްބަތްވާ ބައެއް ކެބިނެޓު ވަޒީރުން ވަނީ އިސްތިއުފާ ދީފަ އެވެ.

މިހެން ކަންކަން ހުރުުމުގެ ސަބަބުން އެގައުމުގެ ރަށްޔިތުންވަނީ މަގުތަައް މައްޗަށް ނުކުމެ އަޑުުއުފުލާ ސްރީލަންކާގެ ހާލަތާމެދު ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފައިއެވެ.

ސްރީލަންކާއަށް މިހާރު ދިމާވެފައިވާ ތަދުމަޑުކަމަކީ 1948 ވަނަ އަހަރު މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅިގެން އައިފަހުން އެގައުމަށް މާލީގޮތުން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ސްރީލަންކާގައި ކެއުން ބުއުއިމަށް ބޭނުން ކުރާ ސާމާނު ފަދަ ޒަރޫރީ އާލާތްތައް ލިބުން ވެސް މިވަގުތު ވަނީ ދަތިވެފައެވަ. އަދި އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން ލިބެން ހުރިތަކެތީގެ އަގުތައް ވެސް ވަނީ އަތު ނުޖެހޭ ވަރަށް މައްޗަށް ގޮސްފައެވެ. އެ ސަބަބާއި ހުރެ މިދިޔަ ބުރާސްފަތިދުވަހު މަގުތައް މައްޗަށް ނުކުމެ އެގަައުމުގެ ރައްޔިތުން ކުރި މުޒާހަރާތެރެއިންވަނީ ކަންކަން ހޫނުވެ ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ފިޔަވަޅު އަޅައި، ކާފިއު ހިންގާތީ ސަރުކާރާއި ސްރީލަންކާގެ ހާލަތާއި މެދު އުފެދިފައިވާ ރުޅިވެރިކަން އިތުރުވެ ހިންގަމުންދާ މުޒާހަރާތައްވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެފަ އެވެ.

މިހާރު އިނތިހާއަށް ގޯސްވެފައިވާ ހާލަތަކީ ސްރީލަންކާގެ ސަރުކާރުގެ ހަމައެކަނި ޒިންމާއެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރަމުންދާއިރު، ކަމާއި ބެހޭ މާހިރުން ވިދާޅުވަނީ މިކަމަކީ ސަރުކާރުގެ ގިނަގުނަ އިހުމާލުތަކުގެ ނަތީޖާކަމަށެވެ.

ސްރީލަންކާގެ މާލީ ހާލަތު ފުނޑުފުނޑު ކޮށްލި ކަންކަމަށް ބަލާލާނަމަ، މިދިޔަ ގަރުނުތެރޭގައި ސްރީލަންކާގެ އާސާސީ ބޭނުންތައް ރާވާ ހަމަޖެއްސުން ފަދަ ބޭނުންތަކަށް އެގައުމުގެ ސަރުކާރުން އެކިފަހަރުގެ މަތިން ބޮޑެތި ލޯނުތައް ނެގުން ހިމެނެ އެވެ.

މީގެ އިތުރުން އެ ލޯނުތަކުގެ އެހީގައި ފަށައިގަތް ބިޔަ މަޝްރޫތަކަށް ގުދުރަތީ ކާރިސާތަކާއި މޫސުމީ ބަދަލު ތަކުން ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން ބުރޫއެރުން އަދި ސަރުކާރުގެ އިހުމާލުން ބައެއް މަޝްރޫތައް އަޑިއަޅާލާ އިނދަޖެހުންވެސް ހިމެނެއެވެ.

މިކަންކަން މިހެން އޮތަސް ގައުމު ވެއްޓިފައިވާ އަނދަވަޅުގެ ތެރައަށް ސްރީލަންކާ ރަނގަޅަށް ވަށްޓާލީ 2018 ވަނަ އަހަރު އެ ގަައުމުގެ ބޮޑުވަޒީރު މަގާމުން ދުރު ކުރުމުން ގާނުނު އަސާސީގެ ތެެރެއިން އެތަކެއް މައްސަލަތަކެއް ދިމާވުމާއި ޖެހިގެން އައި 2019 ގައި ހިނގައިދިޔަ ޓެރަރިސްޓް ހަމަލާއިން އަރައިނުގަނެވިގެން އުޅެނިކޮށް 2020 ވަނަ އަހަރު ކޮވިޑް19 ގެ ބަލިމަޑުކަން އައުމުން ދިމާވެގެން ދިޔަ ގިނަގުނަ ދަތި ތަކުގެ ސަަބަބުންއެވެ.

މީގެ އިތުރުން މި ހުރިހާ ދަތިތަކަކުން އަރައިގަތުމުގެ ގޮތުންސްރީލަންކާގެ ސަރުކާރުން އަޅަމުދިއަ ޓެކްސްތަކެއް ކަނޑާލުން ފަދަ ފިޔަވަޅުތައް ވެގެން ދިޔައީ ސްރީލަންކާގެ ހާލަތު އިތުރަށް ގޯސްވެގެންދިއަ ކަމަކަށެވެ.

މިފަދަ ފިއަވަޅުތައް އެޅުމުގެ ނަތީޖާއަކަށް ވެެގެންދިއައީ ސްރީލަންކާގެ ސަރުކާރުގެ ފޮރިން އެކްސްޗޭންޖް ރިޒާވްގައިވާ ފައިސާގެ އަދަދު ދަށައް ގޮސް ލޯނުގެ އެހީވެސް ލިބުން ދަތިވުމެވެ އަދި މިކަމުގެ ސަބަބުން ތެލާއި އެހެނިހެން މުހިންމު ބޭނުންތައް އެތެރެކުރުމުގައި ބޮޑެތި ދަތިތައް ދިމާވުމެވެ.

މިދިއާ މާޗްމަަހުގައި ސްރީލަންކާގެ ސަރުކާރުން ވަނީ އެގަައުމުުގައި ފައިސާގެ މުއާމަލާއި ކުރާ ބައެއް އުސޫލްތަކައްވެސް ބަދަލުގެނެސް އެގަުމުގެ ފައިސާ ފްލޯޓް ކޮއްފައިއެވެ، މިކަމުގެ ސަބަބުން އެގަައުމުގެ ފައިސާގެ އަގުވަނީ ޑޮލަރާއި އަޅާ ބަލާފައި ވެއްޓިފައިއެވެ.

މިކަަންކަމުގެ ސަބަބުން އެގައުމެ ރައްޔިތުންނަށްދަނީ އެތައް ދަތިތަކެކް ތަހައްމަލް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: