ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން މަސްވެރިންނަށްވީ ވައުދުތައް ފުއްދުމަށް ނަޝީދު، ސަރުކާރަށް ގޮވާލައިފި

ެައީސް ނަޝީދުއާއި ރައީސް ސާލިޙް ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ މެނިފެސްޓޯއާ އެއްގޮތަށް މަސްވެރިންނަށްވީ ވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ތިޔާގިވެ މަސްވެރިން ބާނާ މަސް ނުކިރި، މަސް ގަތުން ސަރުކާރުން ކޮންޓްރޯލް ކުރުމާއި ގުޅިގެން މަސްވެރިންގެ ޝަކުވާ އިންތިހާއަށް ލިބޭ ކަމަށާއިމަސްވެރިންގެ ޝަކުވާ ހުރީ އުފުލަންޖެހޭ ތަކުލީފްތަކާއި ސަރުކާރުން މިކަމަށްދޭ އިޖާބަ ކުޑަ ކަން ފާހަގަކޮށް ކަމަށެވެ.

ނަޝީދު ވިދާޅުވީ މަސްވެރިން އިޝާރާތް ކުރަނީ 2018 ވަނައަހަރުގެ އެމްޑީޕީ މެނިފެސްޓޯގައި ހުށަހަޅާފައިވާ ތަސައްވަރަށް ކަމަށާއި އަހަރު ދެކޮޅު ރާއްޖޭގައި މަސްވެރިކަން ރަގަޅުވާއިރު މި ތައްގަޑު، ދިވެހިން އަތުން ހިފާ ދެނެގަނެ އުޅޭތާ ހާހަކަށް ވުރެން ގިނަ އަހަރުވެއްޖެ ކަމަށެވެ.

ތައްގަޑު ސާފުކޮށްދޭ މަސްވެރިކަން ރަގަޅު މޫސުން އަންނަ ކޮންމެފަހަރަކު ބާނާ މަސްގިނަވެ އެއަށް ހަދާނެގޮތް އޮންނަނީ ހުސްވެފައިކަމަށާއި، އެމްޑީޕީ ކޮންމެ އިންތިހާބަކަށް ނުކުންނަ ކޮންމެ މެނިފެސްޓޯއެއްގައިވެސް މަސްވެރިންބާނާ މަސް ގަނެވި އަދި އެއަށް ހަމައަގު ލިބޭނޭ ގޮތްތައް ރައްޔިތުންނަށް ހުށަހަޅާފައި ކަމަށެވެ.

”ރޭގަ ވަރަށް ގިނަ މަސްވެރިން ފޯނުން ގުޅި. ވަރަށް ޝަކުވާއުފުލި. މަސްވެރިން ބޭނި މަސް ނުކިރި އެތައް ތަކުލީފެއްގައި އުޅޭން ޖެހުމުން ކުރާ ހައްޤު ޝަކުވާ. މަސްވެރިން ތަކުރާރުކޮށް ފާހަގަކުރާ އެއް ނުކުތާއަކީ، އެމް.ޑީ.ޕީ އިން ބުނެގެން އެމީހުން ބަލައިގަތް ވާހަކަތަ. އަދި އެމީހުން އެހެން މަސްވެރިންގާތު އެވާހަކަތައް ދައްކާ، އޭގެ ސަބަބުން އެމްޑިޕީއަށް ވޯޓް ދިންމިވަރުގެ ވާހަކަ.” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2013 ވަނައަހަރުގެ މެނިފެސްޓޯގައި ކޮންމެސް މިންވަރަކަށް، އެހެންނަމަވެސް 2018 ވަނަ އަހަރުގެ މުޅި މެނިފެސްޓޯވެސް ވަރަށް ބޮޑު ދަރަޖައަކަށް އެކުލަވާލެވުނީ ކަނޑުގެ ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައިކަމަށެވެ. ނޫ އިޤްތިސޯދެއް ބިނާކުރުމަށް ކަމަށާއި، މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުމަކީ މިސިޔާސަތުގެ ނާރެސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ 2012 ވަނައަހަރު އެމްޑީޕީ ސަރުކާރު ވައްޓާލުމަށް ފަހުގައި އެންމެ ފުރަތަމަ ގެނެވުނު އެއްބަދަލަކީ މަސްވެރިކަމުގެ ސިޔާސަތައް ގެނެވުނު ބަދަލު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މަހުގެ އަގު އިންތިހާއަށް ދައްވެގެން ދިޔައީ ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި މަސްފިނިކުރާ ގުދަންތަކާއި މަސްބަންދުކުރާ ކާރުޚާނާތައް ހައްދައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދެވެން ނެތްކަން ވަރަށް ބޮޑަށް ސާފުވަމުން އަންނަތާ އެތައްދުވަހެއް ވެފައިވާކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

”މިއަދުވެސް، އަނެއްކާވެސް ސަރުކާރަށް ދަންނަވާން އޮތީ، އެމް.ޑީ.ޕީ މެނިފެސްޓޯގެ މަގަށް ރުޖޫއަ ވުމަށް. ވީވައުދު ފުއްދުމަށް މަސައްކަތް ކުރުމަށް. ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި ބޮޑުކޮށް އެތަންތަނުގެ ފިނިގުދަން ޖާގައާއި ކާރުހާނާ ޖާގަ ބޮޑު ކުރުން ހުއްޓާލުމަށް. ރާއްޖޭގެ މަސްވެރި ރަގަޅު ރައްރަށުގައި، ރަށު ކައުންސިލާއި، މަސްވެރިންނާއި އަދި ވިޔަފާރިވެރިންނަށް ހިއްސާވެވޭނެ ނިޒާމެއްގައި ހިންގާ ކުދި މަސް ފެކްޓަރީތައް ހެދުން އަވަސް ކުރުމަށް.” ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭ މަސްވެރިން ބާނާ މަސް އަދިވެސް އެންމެ ގިނައިން ގަންނަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށާއި، އެމްޑީޕީ ގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯ ދުށް ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: