ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް 3 މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާ މިލިއަނުން މަތީގާއި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް މިއަހަރުގެ ފާއިތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި އެތަށް ފައިސާއެއް ލިބިފައިވާއިރު، މިގޮތަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު 100 މިލިއަނަށްވުރެ މަތިވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިކަމާއި ބެހޭ ތަފާސް ހިސާބުތަކެއް އިއުލާން ކޮށްފައެވެ. އާންމުކޮށްފައިވާ މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާރޗް 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ވަނީ ޖުރިމަނާގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި މިއީ މިކަމާއި ބެހޭ ގޮތުން ކޮށްފައިވާ އަންދާޒާ އާއި ބަލައި ބޮޑުތަނުން އިތުރު މިންވަރެއްކަމުގައި ފާހަގަކޮށްލެވެއެވެ.

ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައިވެސް ވަނީ ޖޫރިމަނާގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ފައިސާ ލިބިގެންގޮސްފައެވެ.

ޖޫރިމަނާ ގޮތުގައި މިހާ ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ލިބެމުން ދާއިރު ގިނަ ބަޔަކު އަންނަނީ ސަރުކާރުން ޖޫރިމަނާ ނަގަމުންދާ އުސޫލަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ. މިގޮތުން ސަރުކާރުގައި ނަން ވިކޭ މަހުޖަނުންގެ ޖޫރިމަނާ ފައިސާ މައާފު ކޮށްދީ އާންމު ރައްޔިތަކަށްވުމުން ފައިސާ ދައްކަން ޖެހޭ ކަމުގައި ބުނެ ގިނަ ބަޔަކު އަންނަނީ ވާހަކަތައް ދައްކަމުންނެވެ.

މީގެ އިތުރުން ތަން ނުލިބުމުގެ ސަބަބުން ގަވާއިދާއި ހިލާފަށް ޕާކް ކޮށްފައި ދިޔުމުގެ ސަބަބުން، ޕާކް ކުރާނެ ޖާގަ އިތުރުކުރުމެއް ނެތި ޖޫރިމަނާ ނަގަމުންދާތީ، ގިނަ ބަޔަކު އަންނަނީ މިއީ ސަރުކާރަށް އާމްދަނީ ހޯދާނެ އިތުރު ވަސީލަތެއް ނެތުމުގެ ސަބަބުން ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: