ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިޙް ޓްރެފިކް ޖޫރިމަނާ މާފްކޮށްދެނީ 20 ގަޑިއިރުގެ ޓްރޭނިންގއެއް ފުރިހަމަ ކުރުމުން

ޓްރެފިކް ގަވާއިދުތައް ތަންފީޒު ކުރުމަށް ލުއި ގޮތްތަކެއް ހޯދަންޖެހޭ: ސީޕީ ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފު ކުރުމަށް ރައީސް ނިންމަވައިފިއެވެ.

އެގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުއްވުމަށާއި، ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައިވާފަކަމަށެވެ.

އެގޮތުން މިއަދުގެ ނިޔަލަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް މިކަމަށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށްވެސް ބުނެފަވެއެވެ.

އަދި މި ޖޫރިމަނާތައް މާފު ކުުރެވޭނީ  ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 (ވިހި) ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި ވެސް ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން މަޢާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާ ތައް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: