ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަ ނުނަގާ ބިމުން ފެން ނަގާ ބޭރުކޮށްފިނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިމާރާތް ކުރުމަށާއި ސިނާއީ އެހެން މަސައްކަތްތަކަށް ހުއްދަ ނުނަގައި ބިމުން ފެން ނަގައި، އެ ފެން ބޭރުކުރާ ނަމަ ކޮންމެ ދުވަހަކު 40،000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ހުއްދަ ނެގުމަކާ ނުލައި ނުވަތަ ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރުމަކާ ނުލައި ބިމުން ފެންނަގައި ފެން ބޭރުކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ މަސައްކަތް ކުރި ކޮންމެ ދުވަހަށް 40،000 ރުފިޔާއިން ޖޫރިމަނާ ކުރުންކަމަށް ގަވާއިދުގައިވެއެވެ. ނަމަވެސް ގިނަވެގެން ޖޫރިމަނާ ކުރެވޭނީ 1،000،000 ރުފިޔާއާ ހަމައަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން މި ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި، ފެން ބޭރުކުރުމަށްފަހު ހުއްދައަށް އެދި ހުށަހަޅައިފިނަމަ ހުއްދަ ދެވޭނީ، ހުއްދަ ނެގުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށްވާ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންކަމަށެވެ.

ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އިތުރު ކުރުމަކާނުލައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާނަމަ، ހުއްދައިގެ މުއްދަތު އިތުރު ކޮށްދޭންވާނީ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ބިމުން ފެން ނަގައި ފެން ބޭރުކުރި މުއްދަތަށް ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާ އޮތޯރިޓީއަށް ދެއްކުމުންކަމަށްވެސް މި ގަވާއިދަށް ގެނެވުނު އިސްލާހުގައިވެއެވެ.

ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަދަ ފަރާތެއްގެ އަދަބަކީ އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް 5،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. 28 އޮގަސްޓު 2022 ގައި މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢުކޮށްފައެވެ. އެހެންކަމުން މިހާރު މި ގަވާއިދާއި ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ އަތުން 1،000،000 ރުފިޔާއިން މަތިނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 92%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: