ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކީރިތި ގުރުއާން އާއި ބެހޭ ކޯސްތަތައް އޮންލައިންކޮށް ކުރިޔަށް ގެންދާނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަނީ!

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ގުރުއާނާ ބެހޭ ކޯސްތަކާއެކު އިތުރު ކޯސްތަކެއް އޮންލައިންކޮށް ކުރިޔަށް ނުގެންދެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އާއްމުކުރި “އީ ލާނިން ގައިޑްލައިން” ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ފާހަގަކޮށްފައެވެ. އޮންލައިންކޮށް ނުގެންދެވޭނެ ކަމަށް ކަނޑައެޅި ކޯސްތަކުގެ ތެރޭގައި ކީރިތި ގުރުއާނާ ބެހޭ ކޯސްތަކުގެ އިތުރުން އެހެން ކޯސްތަކެއްވެސް ހިމެނެއެވެ.

އޭގެ ތެރޭގައި ޑޮކްޓަރު ކަމުގެ ކޯހާ އަދި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ގުޅޭ ކޯސްތަކުގެ އިތުރުން ނާސިން ކޯހާއި އަދި ޓެކްނިކަލް އަދު ވޮކޭޝަނަލް ތައުލީމުގެ ކޯސްތަކުގެ އިތުރުން އިންޖިނިއަރިން ކޯސްތަކެވެ. އޭގެ އިތުރުން އާކިޓެކްޗަރ ކޯސްތަކާއި ޓީޗިން ކޯސްތައް ހިމެނެއެވެ.

މި ގައިޑްލައިން އާއްމުކުރި ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމުން މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭ ކަންކަން ހަމަޖައްސަން ޖެހޭނީ އާ ގައިޑްލައިނާ އެއްގޮތަށެވެ. އެހެންވެ، ގައިޑްލައިނަށް އަމަލުކުރަން ފެށުމާއެކު އެ އަށް ވައްތަރުގެ ކޯސްތައް އޮންލައިކޮން ނުހިންގޭނެއެވެ.

އެއާ ހިލާފަށް ކުރިއަށްގެންދާނަމަ ފުރަތަމަ ފަހަރު ލިޔުމުން ނޯޓިސް ދިނުމަށްފަހު، ދެ ވަނަ ފަހަރު އެކަން ތަކުރާރުވާނަމަ 10،000ރ. އިން ޖޫރިމަނާކުރެވޭނެކަމަށް އަލަށް އާންމުކުރި ގަވާއިދުގައިވެއެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 1%ވަރަށް ގަޔާވޭ 3%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 6%ވަރަށް ދެރަ 53%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: