ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ސްރީލަންކާގެ ރައީސް ރާޖަޕަކްސާގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ތައްޔާރު ވަނީ!

ސްރީލަންކާގައި ހިންގާ މުޒާހަރާތަކުގެ ތެރެއިން: ފޮޓޯ/ ސޯށަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް ދިވެހިންނެއް ދިރިއުޅެމުންދާ އަވައްޓެރި ގައުމެއް ކަމަށްވާ ސްރީލަންކާގައި ކުރިމަތިވެފައިވާ ހާލަތު ރަންގަޅުވެ، ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއްލިބިގެން ނާންނާތީ އެގަައުމުގެ ސަރުކާރުގެ މައި އިދިކޮޅު ޕާޓީކަމަށްވާ އެސްޖޭބީއިން ައޭޕްރިލް 19ވަނަ ދުވަހާއި 22ވަނަ ދުވަހާއި ދޭތެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގަައުމީ މަޖުލީހުގައި އެގައުމުގެ ރައީސް ރާޖަޕަކްސާއާއި ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ނަގަން ނިންމައިފައިވާކަމަށް ހާމަކޮށްފިއެވެ.

ސްރީލަންކާގެ ސަރުކާރާއި އިދިކޮޅު އެސްޖޭބީގެ ފަރާތުން ވާހަކަދައްކަވަމުން އެޕާޓީގެ ލީޑަރު ސަޖިތް ޕްރޭމަދާސަ ވިދާޅުވީ އެގައުމަށް ދިމާވެފައިވާ އިގްތިސޯދީ އަދީ އިޖްތިމާއީ ކަންކަން ހައްލު ކުރުމުގައި ރައީސް ރާޖަޕަކްސާ ނުކުޅެދިފައިވާކަަމަށެވެ އަދި ގައުމުގެ ރައީސް ހުރިހާކަމެއްގައި އެންމެ އިސްކޮށް ހުންނަަވައިން ވެރިކަން ކުރުމުގެ އުސޫލު ސްރީލަންކާއިން ނައްތާލަންޖެހޭ ކަމުގެ ވާހަކަ އެގަމުގެ މަޖުލީސް މެމްބަރުންގެ ތެރޭގައިވެސް ދެކެވެމުންދާކަމަށެވެ ނަމަވެސް މިދިއަ 20 އަހަރުތެރޭގައި ވެރިކަންކުރާ އުސޫލަށް ބަދަލް ގެންނަންޖެހޭ ކަމަށްބުނެ، ބަދަލުތައް ގެންނާނެ ކަމުގެ ވައުދުތަކާއި އެކު ވެރިކަމަށް އަރާވަޑައިގަތް ހުރިހާ ބޭފުޅުންވެސް ކަންކުރެއްވީ ވީވައުދާއި އިދިކޮޅަށްކަން ޕްރޭމަދާސަ ވަނީ ފާހަގަކުރަށްވާފައިއެވެ.

ސްރީލަންކާގެ ރައްޔިތުން އަދި އިދިކޮޅު ޕާޓީއިން އެގައުމުގެ ރައީސް ރާޖަޕަކްސާގެ އިސްތިުފާއަށް ގޮވާލަމުންދާއިރު، ވެރިކަންކުރާ ޕާޓީ ނިސްބަތްވާ ކޯލިށަންގެ 3 މެމްބަރެއްވަނީ ސްރީލަންކާގައި ވަގުތީ ސަރުކާރެއް ގާއިމްކުރަން ރައީސް ރާޖަޕަކްސާއަށް ހުށައަޅާފައިވާކަމަށް އެކޯލިށަންއަށް ނިސްބަތްވާ އިސް ބޭފުޅެއް ވަނީ ހާމަކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: