ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުން ޔޮޓް ޓުއާސްއަށް ދޭން ޖެހުނު 22 މިލިއަން ޑޮލަރު ދޭން ނުޖެހޭ ކަމަށް ނިންމައިފި

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޮޓް ޓުއާސް މޯލްޑިވްސް އަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް ކުންފުނީގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު މޫސުން ގޯސްވެ، ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން އެ ކުންފުނިން އެލައިޑްގައި އެދުމުން، އެ ކަމަށް އެ ކުންފުނިން ދެކޮޅު ހެދުމަށްފަހު މައްސަލަ އިސްތިއުނާފް ކުރުމަށް ހުށައެޅިއެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމުން 22 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރުއެވެ.

އެ މައްސަލަ އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއްކަން އެ ކުންފުންޏަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ.

ގެއްލުމެއް ލިބުމުން އެކަން އެލައިޑަށް އަންގަން ޖެހޭ ގޮތަށް އެއްބަސްވުމުގައި އޮތްއިރު، އެކަން ޔޮޓް ޓުއަރސް އިން ފުރިހަމަ ކޮށްފައިވާ ކަން ލިޔުންތަކުން އެނގެން ނެތް ކަމަށް މިއަދު ކުރި ހުކުމުގައި ވެއެވެ.

ގެއްލުން ލިބުނު ކަމަށް ޔޮޓް ޓުއާސް އިން ބުނާ ތާރީހު ތަކާއި އެ ކުންފުނިން ހުށަހެޅި ލިޔުންތަކުގެ ތާރީހުތައް ދިމާނުވާތީ އެ ގެއްލުންތަކާއި މޫސުން ގޯސްވުމާއި ގުޅުވޭނެ ގޮތެއް ނެތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ އެ ދުވަސްވަރު އެ ސަރަހައްދުގެ މޫސުން ގޯސް ކަމަށް ޔޮޓް ޓުއާސުން ބުނިކަމުގައި ވީ ނަމަވެސް، އެލައިޑުން ކޯޓަށް ހުށަހެޅި މޫސުމާ ބެހޭ ރިޕޯޓްގައި ވާ ގޮތުން އެ ދުވަސްވަރު އެ ސަރަހައްދުގެ ކަނޑު ގަދަ ނޫން ކަމަށް ވެސް  ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައިވާ ގޮތުން ޔޮޓް ޓުއާސް އިން ހިސާބުތަކެއް ހުށަހެޅިޔަސް، އެއީ މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކުގެ ހިސާބެއް ނޫނެވެ. އަދި އެކަންކަން ސާބިތުކޮށް ނުދެނީސް، ބަދަލުގެ ވަރާ މެދު ގޮތެއް ކަނޑަނޭޅޭނެ ކަމަށް އެ ހުކުމުގައިވެއެވެ.

ވުމާއެކު ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ދަށު ކޯޓުގެ ހުކުމް ބާތިލް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

މި ޝަރީއަތުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ މުހައްމަދު ނިޔާޒެވެ. މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: