ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި ޕާޓީގެ އެއްބާރުލުން ލިބި ސަރުކާރާއި ގުޅުން ބަދަހިކޮށް ހިންގާލައިގެންނުނީ 2023 ލިބޭތަނެއް ނުފެނޭ: ފަޔާ

ފައްޔާޒު އިސްމާއިލު: ފޮޓޯ/ ސޯށަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިގެންދާނީ މުޅި ޕާޓީގެ އެއްބާރުލުން ލިބިގެންކަމަށް، އެޕާޓީގެ ޗެއާރޕާސަންގެ މަގާމަށް ވާދަކުރަށްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ވިދާލުވެއްޖެ.

ހިއްމަފުށީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ޕާޓިއާއި މެމްބަރުނާއި ދޭތެރޭ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބު، އެމްޑީޕީއަށް ކާމިޔާބު ކުރެވިގެންދާނީ ހުރިހާ މެމްބަރުން “އެކްޓިވް” ވެގެން ކަމުގައިއާއި ސަރުކާރާއި ޕާޓީއާއި ދޭތެރޭ އޮންނަ ގުޅުން ބަދަހި ކުރުމަކީ، ކާމިޔާބީއާއި ހަމައަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މުހިއްމުކަމެއްގެ ގޮތުގައި ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

“އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑަކަށް ނުފެނޭ 2023 ލިބޭތަނެއް ޕާޓީގެ މެމްބަރުން އެކްޓިވްވެގެން ނޫނީ، ޕާޓީގެ މެމްބަރުން އެކްޓިވްވެ، ޕާޓީއާއި މެމްބަރުންނާއިއޮތް ގުޅުން ބަދަހިވެގެން، ހަމައެގޮތަށް އެގުޅުމާއި އެއްކޮށް ސަރުކާރާއި ޕާޓީގެވެސް ގުޅުން ބަދަހިވެގެން ނޫނީއަކާމުންނެއް، 2023 ލިބޭ ތަނެއް” ފައްޔާޒް

ފައްޔާޒުގެ ކެމްޕެއިންގައި “ހިންގާލަން” ޝިއާރު ބޭނުންކުރަމުންދާތީ ފާޑުކިއުންތަަައް އަމާޒުވެފައިވެއެވެ، މިގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްޑީޕީއަށް ލިބިފައިވާ ކާމިޔާބުތަކަކީ “ހިންގާލައިގެން” ލިބިފައިވާ ކުރިއެރުންތަކެއްކަމަން ފާހާގަކުރަށްވާ ރައީސް ނަޝީދުވަނީ ރައްދު ދެއްވާފައިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: