ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތި އާއި ފައްޔާޒްގެ ކޯޅުން ދޫކޮށް، ގައުމު ހިންގުމައިގެން އުޅުމަށް ޝިޔާމް ގޮވާލައިފި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކަންކަމާއި އުޅުމުގެ ބަދަލުގައި ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ގޮވާލައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއަރޕާސަނަކަށް އިންތިހާބު ނުވެއްޖެ ނަމަ އިގްތިސާދީ ހާލަތުން އަރައިގަންނަން އުނދަގޫވާނެ ކަމަށް “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައިވާތީ ޝިޔާމް ވަނީ އެކަމަށް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. ޝަރީފް ޕްރޮގްރާމުގައި ދެއްކެވި ވާހަކަތައް މީޑިއާތަކުން ރިޕޯޓު ކުރުމުން ޝިޔާމް ވިދާޅުވީ ސަރުކާރެއް ހިންގުމުގެ ބަދަލުގައި ވެރިކަން ކުރާ ޕާޓީން ފެންނަނީ ކޯޅުންތަކާއި ހަމަނުޖެހުންތައް ކަމަށެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދު ކުރާ މެމްބަރުންނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ދެމެދު ވާދަވެރިކަން އުފެދި މުޅީން ވެސް ދެކެވެނީ ނުފޫޒުތަކުގެ ވާހަކަ އެވެ. އެކަމަށް ނުރުހުން އަމާޒުކޮށް ޝިޔާމް ވިދާޅުވީ އިންތި އާއި ފައްޔާޒްގެ ކޯޅުމަށް ވުރެ ނުވަތަ އެފަަދަ ބޮޑު ވާދަވެރިކަމަކަށް ވުރެ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުން މާ ރަނގަޅު ކަމަށެވެ.

އެމްޑީޕީގެ އިންތިހާބު މިހާރު ސިފަ ވަނީ ރިޔާސީ އިންތިހަބެއްގެ ގޮތުގައިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އިންތިހާބަށް ފައްޔާޒް ވެސް ދައުލަތުގެ މުދާތައް ބޭނުން ކުރަމުންދާ ކަމަށެވެ. މިއީ ރައްޔިތުންގެ ފައިސާއަށް ވާއިރު، މިހާ ބޮޑެތި ހަރަދުތައް އެތެރޭގެ އިންތިހާބެއްގެ ތެރެއިން ފެންނާތީ ސުވާލު އުފެއްދޭކަމަށް ޝިޔާމް ވިދާޅުވި އެވެ. އެއީ އެއްވެސް ގޮތަކަށް އެތެރޭގެ އިންތިހާބަކަށް ބޭނުން ކުރަން ޖެހޭ ފައިސާއެއް ނުވަތަ ބޭނުން ކުރަން ޖެހޭ މުދަލެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ތައް އަދާ ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ ދަތިތައް  ހައްލު ކުރުމަށް ގޮވާލާ ހުށައެޅި ގަރާރުގައި ވެސް އެމްޑީޕީގެ މެމްބަރުން ބަހުގެ ހަމަލާތައް ރައްދު ކުރުމުން ޝިޔާމް ވަނީ އެކަން ވެސް ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ.

ޝިޔާމް ވިދާޅުވީ އެންމެ ފަހުން އިންތިހާބު ކުރެވުނު ކައުންސިލް ތަކުގައި 388 އަންހެން ކައުންސިލަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެލޮކޭޓް ކުރެވުނު ސްލޮޓް ތަކުގެ އަދަދަކީ 372 ކަމަށާއި ނަމަވެސް އަންހެނުންނަށް ހާއްސަ ނުކުރެވޭ ގޮނޑިތަކެއްވެސް އަންހެނުން ކާމިޔާބު ކުރިއިރު އެއީ ނިސްބަތުން މަދު އަދަދެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގާނޫނަށް ގެނެވުނު ބަދަލާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށް އެބޭފުޅުންނަށް މަސައްކަތް ކުރުމަށް ލިބިފައިއޮތީ ކިހާ ވަރެއްގެ ޖާގައެއްތޯ ބަލަން ޖެހޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގެ ހުރިހާ ކައުންސިލް ތަކަކުން ޑަބްލިއުޑީސީ އަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އަށްވަނަ އިސްލާހުން ވަރަށް ގިނަ ބާރުތަކެއް ދިވެހި ރާއްޖޭގެ ކައުންސިލްތަކަށް ދެވިފައިވާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލީ ބާރުތަކަކާއި އިހްތިސާސީ ބާރުތަކެއް ގާނޫނުގައި ލިޔުނު ކަމަށާއި ނަމަވެސް އެ ބާރުތައް ތަންފީޒު ކުރުމަށް މައިސަރުކާރުން ޖާގަ ދޭތަން ނުފެންނަ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ކީއްކުރާ ތަނެއް ތޯ ކަމަށާއި އެމްޑީޕީގެ ސަރުކާރު ބޭފުޅުން ގަބޫލު ނުވާ މައްސަލަ އަކަށް ވެއްޖެ ނަަމަ މަޖިލީހުން ބޭރުވާ ކަމަށާއި އެކަމަކީ ރައްޔިތުންނާއި ގުޅުން ހުރި ކަމެއް ތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތް ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ވާހަކަ އެމްޑީޕީ މެމްބަރުން ހެނދުނު އިރު އަރާއިރު މަޖިލީހުގައި ނުދެއްކެވިއްޔާ މާރަނގަޅު ކަމުގައެވެ.

މަސްކޮޅު ކިރާލައިގެން ލިބޭ ނަފާ ލިބެނީ ދޯނިން ދަތުރުކުރާ ކެޔޮޅާއި ފަޅުވެރިންނަށް އެކަނި ނޫން ކަމަށާއި އެއީ އެތަކެއް އާއިލާ އެއް ބިނާ ކުރާނެ ފައިސާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ކޫއްޑޫގައި މަސްވެރިންނަށް މަސްނުކިރި ވާ ކަމަށާއި އެމައްސަލަ ހައްލު ކުރުމަށް ތެދުވެ އެވާހަަކަ ދައްކަންޖެހޭ ކަމުގައެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަން ރަނގަޅުވާ ތަނުން ދެވަނަ ދުވަހު މަސް ކިރުން ކޮންޓްރޯލް ކުރާ ކަމަށާއި އެކަމަށް ތައްޔާރުވާތަން ފެނިގެން ނުދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: